Accident ve Naira hurihaa kameh handhaan nethenee
image
ނައިރާ އާއި ކާތިކް--
0 ކޮމެންޓް
 

އެކްސިޑެންޓެއްވެ ނައިރާ ހުރިހާ ކަމެއް ހަނދާން ނެތެނީ

ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ޑްރާމާ ޔޭ ރިޝްތާ ކިޔާ ކެހްލާތާ ގައި ނައިރާ އާއި ކާތިކް އެކްސިޑެންޓުވެ ހުރިހާ ކަމެއް ނައިރާ ހަނދާން ނެތިގެންދާނެ ކަމަށް ނޫސްތަކުން ބުނެފި އެވެ. Dhiraagu
ދިވެހިންގެ މެދުގައި ވެސް މަގްބޫލު އެޝޯގެ ކުރިއަށް އޮތް އެޕިސޯޑެއްގައި ވާނެ ގޮތުގެ ވީޑިއޯއެއް މިހާރު އާންމުވެފައިވާއިރު ވީޑިއޯގައި ފެނިގެންދަނީ ނައިރާ އާއި ކާތިކް ކާރެއްގެ ތެރޭގައި ތިއްބައެވެ. އަދި މަގުގެ އެއްފަޅީގައި ކާރު މަޑުކޮށްލާފައި އޮއްވާ ބާރު ސްޕީޑެއްގައި ފަހަތުން އައި ޓްރަކެއް ކާރުގައި ޖެހި ދެ މީހުންނަށް ވެސް އަނިޔާތައް ލިބޭ މަންޒަރެވެ. ދެން ފެނިގެންދަނީ ނައިރާ ހޮސްޕިޓަލުގައި ބާއްވާފައި އޮތްއިރު އޭނާގެ ފިރިމީހާ ކާތިކް ފާހަގަކުރަން ނޭނގިގެން އުޅުންތަނެވެ.


އާއިލީ މައްސަލަތަކެއް ދައްކުވައިދޭ އެފިލްމުގެ ލީޑު ދެތަރިންނަކީ ކާތިކް އާއި ނައިރާއެވެ. އެދެމީހުންގެ ކެމިސްޓްރީ ގިނަ ބަޔަކަށް ކަމުދާއިރު މިއީ އަސްލު ދިރިއުޅުމުގައި ވެސް ދެ ލޯބިވެރިންނެވެ.

އެ ޝޯއަކީ މިވަގުތު ސްޓާޕްލަސް އިން ދައްކަމުން އަންނަ ޝޯތަކުގެ ތެރެއިން އެއް ވަނާގައި އޮތް ޝޯއެވެ. މީގެ ދިހަ އަހަރު ކުރިން ދައްކަން ފެށި އެޝޯ ފެށިގެން އައި އަކްޝަރާ އާއި ނޭތިކުގެ ލޯބިންނެވެ. އެކަމަކު، ޝޯ ދޫކޮށް އަކްޝަރާ ގޮސްފައިވާތީ ޝޯގެ އުފެއްދުންތެރިން ވަނީ އަކްޝަރާ އާއި ނޭތިކުގެ އަންހެން ދަރިފުޅު ނައިރާ ލީޑު ބަތަލާގެ ރޯލު ދީފައެވެ.
ހިޔާލު