Grammy awards gai gina awards thakeh Kacey ah!
image
ގްރޭމީ އެވޯޑްސްގައި ވިދާލި ކޭސީ އެވޯޑާ ހަވާލުވަނީ...
މުޙައްމަދު މުސްޠަފާ
0 ކޮމެންޓް
 

ގްރޭމީ އެވޯޑްސްގައި ގިނަ އެވޯޑްސްތަކެއް ކޭސީ އަށް!

ހޮލީވުޑް މިއުޒިކް އިންޑަސްޓްރީގައި ދޭ އެންމެ ވަރުގަދަ އަދި އެންމެ ޝަރަފުވެރި އެވޯޑު، ގްރޭމީ އެވޯޑްސްގެ 61 ވަނަ އެޑިޝަން މި މަހުގެ ދިހަ ވަނަ ދުވަހުގެ ރޭ ބާއްވާފައިވާއިރު، ގިނަ އެވޯޑްތަކެއް މަޝްހޫރު ލަވަކިޔުންތެރިޔާ ކޭސީ މަސްގްރޭވްސް އުފުލާލައިފިއެވެ.
މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބޭއްވި އެވޯޑް ހަފްލާގައި ކޭސީ އަށް ލިބިފައިވަނީ، ބެސްޓް ކަންޓްރީ ސޯންގް ގެ އެވޯޑް، ބެސްޓް ކަންޓްރީ އަލްބަމް، ގޯލްޑަން އަވާ އިން އަލްބަމް އޮފް ދަ އިޔާ އެވޯޑް އަދި ބެސްޓް ސޯލޯ ޕާފޯމަންސްގެ އެވޯޑެވެ.

އެވޯޑްތައް އުފުލާލަމުން ކޭސީ ވަނީ އޭނާ އަށް އެ ކާމިޔާބީތައް ލިބުމުގައި އެހީވެ ހިއްވަރު ދިން މީހުންނަށް ޝުކުރު އަދާކޮށްފައެވެ.

މިއަހަރުގެ ގްރޭމީ އެވޯޑްސްގައި މަޝްހޫރު ލަވަކިޔުންތެރިޔާ ޗައިލްޑިޝް ގެމްބީނޯ ވެސް ވަނީ ގިނަ އެވޯޑްތަކެއް ހާސިލްކޮށްފައެވެ. އޭގެ ތެރޭގައި، ސޯންގް އަދި ރެކޯޑް އޮފްދަ އިޔާ، މިއުޒިކް ވީޑިއޯ އަދި ބެސްޓް ރެޕް ޕާފޯމަންސްގެ އެވޯޑު އޭނާ އަށް ވަނީ ލިބިފައެވެ. ނަމަވެސް މިފަހަރުގެ އެވޯޑް ހަފްލާގައި އޭނާ ފެނިފައެއް ނުވެއެވެ.

ރޭ ބޭއްވި އެންމެ ޝަރަފުވެރި ގްރޭމީ އެވޯޑްސްގައި ހޮލީވުޑްގައި ތިބި ނަން މަޝްހޫރު އަދި ކުޅަދާނަ ލަވަކިޔުންތެރިން ބައިވެރިވީއިރު އެމެރިކާގެ ކުރީގެ ފަސްޓްލޭޑި މިޝެލް އޮބާމާ ވެސް ވަނީ ބައިވެރިވެފައެވެ.

ހިޔާލު