Indiage 50 Million Dollar ge hiley ehee dheefi
image
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި އިންޑިއާ ބޮޑު ވަޒީރު ނަރަންދުރަ މޯދީ--
2 ކޮމެންޓް
 

އިންޑިއާގެ 50 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފި

ބަޖެޓް ސަޕޯޓުގެ ގޮތުގައި އިންޑިއާއިން ރާއްޖެއަށް ދޭން އެއްބަސްވެފައިވާ 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) ދީފި އެވެ.
ސީއެންއެމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުއަށް ގުޅުމުން ޖަވާބެއް ލިބިފައި ނުވިނަމަވެސް، އިންޑިއާއިން 50 މިލިއަން ޑޮލަރު ދީފައިވާ ކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކަށް ފިނޭންސް މިނިސްޓަރު އަމީރުއާ ހަވާލާ ދެއްވައި ވަނީ ރިޕޯޓް ކޮށްފަ އެވެ. އަދި އެފައިސާ ލިބިފައިވަނީ މިދިއަ މަހު ކަމަށް ވެއެވެ.

އެނގިފައިވާ ގޮތުން ބަޖެޓް ސަޕޯޓުގެ ގޮތުގައި އިންޑިއާއިން ޖުމްލަ 200 މިލިއަން ޑޮލަރު ދިނުމަށް ވަނީ ނިންމާފަ އެވެ. އޭގެ ތެރެއިން ހިލޭ އެހީގެ ގޮތުގައި ދޭން އެއްބަސްވެފައިވާ 50 މިލިއަން ޑޮލަރު މިހާރު ލިބިފައިވާއިރު، ބާކީ އޮތް 150 މިލިއަން ޑޮލަރު ދޭން ނިންމާފައިވަނީ ޓެރެޝަރީ ބޮންޑުގެ ގޮތުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވުމާއެކު އަވައްޓެރި އިންޑިއާއާއި ސްރީލަންކާއާ ދެމެދު ވަރަށް ގާތް ގުޅުމެއް ވަނީ އުފެދިފަ އެވެ. އަދި ރައީސް ސޯލިހު ވަނީ އެ ދެ ގައުމަށް ރަސްމީ ދަތުރުފުޅެއްވެސް ކުރައްވާފަ އެވެ.

ރައީސް ސޯލިހުގެ އެ ދަތުރުފުޅުތަކަށްފަހު، އިންޑިއާއިންނާއި ލަންކާއިން ރާއްޖެއަށްދޭ އެހީ އިތުރުކުރާނެ ކަމަށް އެ ދެ ގައުމުން ވަނީ ބުނެފަ އެވެ.

އިންޑިއާ އިން ވަނީ ރާއްޖެ އަށް 1.4 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ދޭން ވެސް އެއްބަސްވެފަ އެވެ.
ހިޔާލު

މިބޭބެ

ބްރޭކްފާސްޓަށް ތަޅާ ހުސްކޮށްލާނީތޯ

ނޫސް ކިޔާމީހާ

އިންޑިޔާގެ މިފަދަ އެހީބޭނުންކުރުން އެއީ އަޅުގަނޑުމެންގެ މިނިވަންކަމަށް ނުރަކާވާކަމެއް. ޢިރެއްގައި ރާއްޖެއަށް އިޚްލާސްތެރި ޤައުމެއްގެގޮތުގައި އިންޑިޔާވީނަމަވެސް މިހާރު އެއީކީ ކުރީގެ އިންޑޔާއެއްނޫން، އިންޑިޔާއަކީ މިހާރު ދިވެހީންގެ އަދުއްވެކޭނޫން އެކަމަކު މަކަރުވެރި ހީލަތްތެރިއެއް. ޥެރިކަމުގެ ދަހިވެތިކަމުގައި މިޤައުމުގެ މިނިވަންކަން ވިއްކާނުލާ.