Sala maruvee bolashaai meymachah libunu zahamthakun!
image
ސަލާގެ ހަށިގަނޑު ކަނޑު އަޑިން ނަގައިގެން ގެންދަނީ.
1 ކޮމެންޓް
 

ސަލާ މަރުވީ ބޮލަށާއި މޭމައްޗަށް ލިބުނު ޒަހަމްތަކުން ކަމަށް ބުނެފި

މިދިޔަ ޖެނުއަރީ ޓްރާންސްފާ ބާޒާރުގައި ފްރާންސްގެ ނަންޓެސް ދޫކޮށް ކާޑިފް ސިޓީއާ ގުޅުނު އެމިލިއަނޯ ސަލާ ދަތުރުކުރި މަތިންދާބޯޓް ކަނޑަށް ވެއްޓުނު ހާދިސާގައި އޭނާ މަރުވީ ބޮލަށާއި މޭމައްޗަށް ލިބުނު ބޮޑެތި ޒަހަމްތަކެއްގައި ކަމަށް ބުނެފި އެވެ. dhi2
އޭނާގެ ހަށިގަނޑު ބެލި ޑޮކްޓަރުން ބުނެފައިވާ ގޮތުގައި ފްލައިޓް ކަނޑަށް ވެއްޓެން ދިޔައިރު ސަލާ އަށް ލިބުނު އަނިޔާތަކުގައި އޭނާ މަރުވީ އެވެ. އެހެންކަމުން އޭނާ މަރުވީ މަތިންދާބޯޓު ކަނޑަށް ވެއްޓުމުން، ލޮނުބޮވިގެން ކަމަށް ބައެއް ފަރާތްތަކުން ކުރިން ލަފާކުރިނަމަ ވެސް އެއީ ގޯސް ލަފައެއް ކަމަށް ޑޮކްޓަރުން ބުނެ އެވެ.

މިމަހު ކުރީކޮޅު ފްރާންސުން ފުރައިގެން އިނގިރޭސި ވިލާތުގެ ކާޑިފްއަށް ދަތުރު ކުރުމުގެ ތެރޭގައި ހިނގި ހާދިސާގައި ސަލާ ދަތުރުކުރި މަތިންދާބޯޓް ކަނޑު އަޑިން ފެނުނު އިރު އެ މަތިންދާބޯޓުގެ ތެރޭގައި އޮތީ ހަމައެކަނި އޭނާގެ ހަށިގަނޑު އެކަންޏެވެ. ޕައިލެޓުގެ ހަށިގަނޑު މިހާތަނަށް ފެނިފައިނުވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ.

އޭނާގެ ބޮލަށް ލިބިފައިވާ އަނިޔާގެ ސަބަބުން ސަލާ އައިޑެންޓިފައި ކުރެވުނީ އޭނާގެ ފިންގާޕްރިންޓް ބޭނުންކޮށްގެން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އަދި އޭނާގެ ހަށިގަނޑު ފްލައިޓްތެރޭން ނެގީ، އެ ސަރަހައްދުގެ މޫސުން ގޯސްވުމުން ޑައިވް ނުކުރެވުމުން ރޮބަޓެއްގެ އެހީގަ އެވެ.

ނަންޓެސްގައި މޮޅު ކުޅުމެއް ދެއްކި ސަލާ 15 މިލިއަން ޕައުންޑަށް، ކްލަބުގެ ރެކޯޑު ޓްރާންސްފާއެއްގައި ކާޑިފް ސިޓީއަށް ބަދަލުވުމާ އެކު ވަނީ އޭނާ އިންޝުއާ ކޮށްފައި ކަމަށް މީޑިއާތަކުން ބުނެ އެވެ.
ހިޔާލު

ސައިނީ

ކަނޑުއަޑިން ނެގީ އެކަމު މަރުވީ ބޮލަށް ގެއްލުން ވެގެން ނޯ