Eh dhanfalhi ah kiyavaadheyn Male' gai ithuru 10 school alhanee
image
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝާ.-- ފޮޓޯ: މިހާރު/ނިޝާން އަލީ
10 ކޮމެންޓް
 

އެއް ދަންފަޅިއަށް ކިޔަވައިދޭން މާލޭގައި އިތުރު 10 ސްކޫލް އަޅަނީ

އެއް ދަންފަޅިއަށް ކިޔަވައިދޭން ފެށުމުގެ ގޮތުން މާލެ، ވިލިމާލެ އަދި ހުޅުމާލެ ހިމެނޭ ގޮތަށް އާ 10 ސްކޫލެއް އަޅަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިރޭ ބުނެފި އެވެ.
ސްކޫލުތަކުގެ ކިޔަވާދިނުން އެއް ދަންފަޅި އަށް ކިޔަވާދޭގޮތަށް ބަދަލުކުރަން ބޭނުންވާނެ ވަސީލަތްތައް ދެނެގަތުމަށް ހެދި އޮޑިޓް ރިޕޯޓް ހާމަކުރުމަށް ވިލިމާލޭ މުހިޔުއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މާލޭގައި އިތުރު ސްކޫލުތައް އަޅަންޖެހެނީ އެއް ދަންފަޅިއަށް ކިޔަވައިދޭން ބޭނުންވާ ވަރަށް ކްލާސްރޫމުތައް ނެތުމުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އަލަށް އަޅާ ސްކޫލުތަކުގެ މަސައްކަތް ކުރިއަށް ދާނީ ފަސް އަހަރަށް ބަހާލެވިގެން ކަމަށެވެ. އަދި އެ ތަންތަން ޑިޒައިންކުރާނީ އެއް ދަންފަޅިއަށް ކިޔަވާދޭ އެހެން ގައުމުތަކުގެ ސްކޫލުތައް ބެލުމަށް ފަހު އެ ގޮތަށް ކަމަށް މިނިސްޓަރު ޑރ. އައިޝާ ވިދާޅުވި އެވެ.

އެއް ދަންފަޅިއަށް ކިޔަވައިދޭން ބޭނުންވާނެ ވަސީލަތްތައް ދެނެގަތުމަށް ހެދި އޮޑިޓް ރިޕޯޓުގައި ބުނާ ގޮތުން، މާލޭގައި އެއް ދަންފަޅި އަށް ކިޔަވައިދޭން 288 ބޭނުންވާ ކަމަށެވެ. އެގޮތުން އެ އަދަދަށް ކްލާސްރޫމް ހަމަކުރަން 10 ސްކޫލް ހަދަންޖެހޭއިރު، އޭގެ އިތުރުން 47 ސައިންސް ލެބް ބޭނުންވެ އެވެ. އަދި 28 ލައިބްރަރީ، 42 އޯޑިއޯ ވިޝުއަލް ރޫމް، 22 ސްޓާފް ރޫމުގެ އިތުރުން 57 ބަދިގެ ވެސް އެކަމަށް ބޭނުންވާނެ ކަމަށް އޮޑިޓް އެ ރިޕޯޓުގައި ބުނެ އެވެ.

އެ ރިޕޯޓުގައި ބުނެފައިވަނީ މިހާރު ހުރި ވަސީލަތްތައް ބޭނުންކޮށްގެން މާލޭގައި އެއް ދަންފަޅިއަށް ކިޔަވާދެވޭނީ 800-1،000 ކުދިން އުޅޭ ސްކޫލުތަކުގައި ކަމަށެވެ. ނަމަވެސް މާލޭގެ 13 ސްކޫލެއްގައި 1،500-2،000 ކުދިން ކިޔަވަމުން އަންނަ ކަމަށް އެ ރިޕޯޓުގައި ބުނެ އެވެ.
ހިޔާލު

ލިޔުން

ނެތް މިކަން ވާކަށް، ހުސްބިން އޮތް ބޮޑެތި ރަށްރަށް ފަޅަށް ބާއްވާ މުޅި ރާއްޖެ އެންމެން މާލެއަށް އަޅާ ތޮއް ޖައްސާލާ....ދެން ޕާރޓީތަކެއް ނެތިއްޔާ މާރަނގަޅުވީސް.

ގާޒީ

ނުޖެހޭނެއަޅާކަށް އެއްބާރާއްޖެތެރެއަށް ރައްރަށުގަ އެފުރުސަތު އޮތިއްޔާ މާލެ މީހުނެއްނާންނާނެ އިންތިހާއަށް ތަފާތު ތިކުރަނީބޮޑު!

ތުނިޔަ

މީއަސްލު ކީތް ކުރަން މިތާ ހުންނަ ގޮޅިއެއް؟

ސައިފު

އިސްކޫލިތަކަކީ ސަރުކާރުގެ އިމާރާތެއް ނޫން ދޮތަ؟

ލލ

ރައްޔިތުންނަށް ބިންކޮޅެއް ނުދޭން ކޮންމެ ސަރުކާރަކަުންވެސް މިއުޅެނީ ބަލަ ޖަޒީރާ ދިރިއުޅުމެއް ނޫން ފުލެޓްގައި ދިރިއުޅުމަކީ ދެންކީއްކުރާ ފުލެޓް ތަކެއްތޯތީ ! ތިޔައީ ހަމަ ކޮންމެސް ބަޔަކަށް ފައިސާދޭން ކުރެވޭ ކަމެއްތޯ! އެހެނީ ޖަޒީރާ ދިރިއުޅުމަކީ ރޯހައުސް ކަހަލަ ކުދި ގެތަކުގައި ދިރިއުޅުން !

ރަށް ފުށު މީހާ

މާލޭގަ އަޅާ ކޮންމެ ސްކޫލެއްގެ ލައިބްރަރީ އަށާ ލެބޯޓްރީ އަށް މުވައްޒަފުންވެސް ލިބޭނެ. ރާއްޖެ ތެރޭގަ އުޅެނީ ދިވެހި ކިޔަވާ ކުދިންނަށް ނުވާތީ މުވައްޒަފުން ނުލިބޭ

އޮޅި

މާލެ ތޮއްޖައްސާހާ ހިނދަކު ސްކޫލްތައް އެޅުމަކަށް ނިމުމެއް ނާންނާނެ. ދެން ބަލަންވީ ދެދަންފަޅިއަށް ކިޔަވައިދިނުން އޮތްގޮތަށް ބޭއްވުންތޯ ޚަރަދަށް ބަލާ އިރު ރަނގަޅީ. ނުވަތަ ތިޔަ 10 ސްކޫލެއް އެޅުންތޯ މިވަގުތަށް އެންމެ ޚަރަދުކުޑައީ. ޖަޒީރާ އަކީ މިހާރު ކޯއްޗަކަށްތޯ މިވަނީ. މާލެ ތޮއްޖެއްސުންތޯ ހަމަ އެޖެންޑާ އަކީ. މާލޭގައި ތިކުދިން ތިގޮތަށް ގަނަތެޅުވުމަށް ވުރެ ރަށާ ގާތުންވަސީލަތް ގާއިމުކޮށް ހެޔޮއަގުގައި ނުވަތަ އަމިއްލަ ވަޒަނުގައި ތިބެ ކިޔެވޭނެ ގޮތް ހެދުން ރަނަގަޅު.

ކޯޑިނޭޓަރ

ބަސް ޚިދުމަތާ އެކު ހުޅުމާލޭ ސްކޫލުތަކަށް ކުދިންނަށް ދެވޭ ގޮތް ހަދާ ބަލަ..

ޑސ

2050 އަންނަން ވާއިތައް މާލެ ތޮއްޖަނީއެއްތި

ތުނިޔަ

ކޮބާހޭ ދަރުމަންތަ ސްކޫލް އަޅަން ފަށަނީ ކޮން އިރަކުހޭ؟