TV Actress Lovey Kaiveni koffi
image
ލަވީ އާއި އޭނާގެ ފިރިމީހާ ކޯޝިކް---
0 ކޮމެންޓް
 

ޓީވީ އެކްޓަރެސް ލަވީ ކައިވެނިކޮށްފި

ޓީވީ އެކްޓަރެސް ލަވްލީން ކައުރް ސަސަން (ލަވީ) އޭނާގެ ލޯބިވެރިޔާ ކޯޝިކް ކްރިޝްނަމުރްތީ އާ ކައިވެނިކޮށްފިއެވެ.
ލަވީ އާއި ކޯޝިކް ކައިވެނިކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހު އަމްރިތުސަރުގައެވެ. ޕަންޖާބީންގެ ސަގާފަތަށް ކުރި އެކައިވެނީގައި ބައިވެރިވެފައިވަނީ ހަމައެކަނި ލަވީ ގެ އާއިލާ މެންބަރުންނާއި އޭނާގެ ގާތް ރަހުމަތްތެރިންނެވެ.

އުމުރުން 28 އަހަރުގެ ލަވީ އާއި ކޯޝިކް މިހާރު ވަނީ ސައުތު އިންޑިއަންގެ ސަގާފަތައް ކައިވެނިކުރުމަށް ބެންގަލޫރަށް ގޮސްފައެވެ. އެދެމީހުން ކައިވެނިކޮށްފައިވަނީ ލޯބީގެ ގޮތުން ގިނަ އަހަރުތަކެއްގައި އުޅުމަށް ފަހުގައެވެ.

އެދެމީހުން މިދިޔަ އަހަރުގެ މާޗް މަހުގައި އެންގޭޖުކޮށްފައިވާއިރު އެހަފްލާ ބާއްވާފައިވަނީ ސައުތު އިންޑިއަންގެ ސަގާފަތަށެވެ.

ލަވީ އެންމެ ފަހުން ފެނިގެންދިޔައީ ސްޓާ ޕްލަސް އިން ދެއްކި "ސާތު ނިބާނާ ސާތިއާ" ޝޯ އިންނެނެވެ. އެޝޯގައި އޭނާ ފެނިގެން ދިޔައީ ޕަރީދީ މޯދީ (ޖިގަރް މޯދީގެ އަންހެނުން)ގެ ރޯލުންނެވެ.

އޭގެ އިތުރުން ލަވީ ވަނީ "ކިޔާ ހުވާ ތެރަ ވާދާ" އަދި "ބަޅޭ އައްޗޭ ލަގުތޭ ހޭ" ގައި ވެސް މަސައްކަތް ކޮށްފައެވެ.
ހިޔާލު