Kunfunithakun STO ah dharaafaivaa 2.4 Billion Rufiya Hoadhan Court ah
image
ހުސެއިން އަމްރު-- ފޮޓޯ: ރާއްޖެއެމްވީ
1 ކޮމެންޓް
 

ކުންފުނިތަކުން އެސްޓީއޯއަށް ދަރާފައިވާ 2.4 ބިލިއަން ރުފިޔާ ހޯދަން ކޯޓަށް

ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރު ނިމުނުއިރު އެސްޓީއޯއަށް ކުންފުނިތަކުން 2.4 ބިލިއަން ރުފިޔާ ދަރާފައިވާ ކަމަށާއި އެފައިސާ އަނބުރާ ހޯދަން ކޯޓަށް މައްސަލަތަކެއް ވައްދާފައިވާ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމުރު ވިދާޅުވެއްޖެއެވެ.
ރޭ ރާއްޖެޓީވީ ގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަމުރު ވިދާޅުވީ، ތެލާއި ކްރެޑިޓަށް ނަގައިގެންނާއި އެސްޓީއޯގެ ތަންތަން ކުއްޔަށް ހިފައިގެން، އަދި އެނޫން ވެސް އެކި އެކި ގޮތްގޮތުން އެސްޓީއޯއަށް ސަރުކާރާއި ކުންފުނިތަކުން ދައްކަން ޖެހޭ ބައިވަރު ފައިސާ އެބަ ހުރި ކަމަށެވެ. އެކަމަކު އެފައިސާ ލިބޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ތަންތަން ވެސް އެބަހުރި ކަމަށާއި ފައިސާ ހޯދުމަށް މިހާރު ކޯޓަށް މައްސަލަ ވައްދާފައިވާ ކަމަށެވެ.

އޭގެ އިތުރުން، ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ފެނަކަ އާއި މިފްކޯއިން އެކުންފުނިން ތެޔޮ ނެގުމަށް ފަހު ފައިސާ ދައްކާފައި ނުވާކަމަށް އަމްރު ވިދާޅުވި އެވެ.

"ފެނަކައިން އެކަނިވެސް 685 މިލިއަން ރުފިޔާ އެބަހުރި. ތެޔޮ ގެންދޭ. ތެޔޮ ދޭން ޖެހޭ. އެހެން ނޫނީ ރަށްރަށުގައި ކަރަންޓެއް ނުހުއްނާނެ. މިފްކޯއަށް އެބަ ދޭން ޖެހޭ ތެޔޮ އެކަމަކު އަނބުރާ ފައިސާއެއް ނުލިބޭ. މިފްކޯ ހިންގަންވެެސް ތެޔޮ އެބަ ބޭނުންވޭ. އެހެން ނޫނީ މަސްވެރިން ބާނާ މަހެއް ނުގަނެވޭ. އެހެން ވީމައި އެސްޓީއޯއިން މިހާރު ތެޔޮ ގަންނަނީވެސް ލޯނު ނަގައިގެން. ބޮޑު އިންޓަރެސްޓް ރޭޓްގައި. އެންމެ ބޮޑު ހަރަދެއް ދަނީ އެކަމަށް. ފައިނޭންސިން ކޮސްޓަށް" ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވިއެވެ.

އެކަންކަން ހިނގާފައި ހުރީ މަތިން އޯޑަރު އައިސްގެން މަޖިލިސް މެމްބަރުންގެ ވެސް ނުފޫޒާއެކު ކަން ފާހަގަކުރައްވާ އަމްރު އިތުރަށް ވިދާޅުވީ، އެ ފައިސާ ލިބޭނެ ގޮތެއް އަދި ދުވަހެއް ވެސް ނޭނގޭ ކަމަށާއި އެކަމަކުގެ ސަބަބުން އެސްޓީއޯއަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވާ ކަމަށެވެ.

އޭގެ އިތުރުން އެސްޓީއޯއަކީ ރަނގަޅު ޕޮލިސީތަކެއް ހެދިފައިވާ ކުންފުންޏެއް ނަމަވެސް މިދިޔަ ފަސް އަހަރު އެކުންފުނި އޮތީ ހަލާކުކޮށްލާފައި ކަމަށް އަމްރު ވިދާޅުވިއެވެ. ނަމަވެސް އެ ގޮންޖެހުންތަކުން އަރައިގަނެ އެސްޓީއޯގެ ހިންގުން ހަރުދަނާ ކުރާނެ ކަމަށް ވެސް އަމްރު ވިދާޅުވިއެވެ.
ހިޔާލު

ގިނިކަނދު

ދުވަސްކޮޅަކުން ފެންނާނީ އެސް ޓީ އޯގެ ހަމަ އެކަނިނަން ނުވަތަ އިމާރާތުގެ އޮނިގަނޑު ބާރަށް ހަޅޭ ލެވި ކުދިންކޮޅަށް ދައުލަތްުގެ ބޭތިލްމާލު ބައިއަލާ ބަހާ ހުސްކޮށް ނިމުނީ