Furathama mahu libunu aamdhanee kuree aharah vure dhah
image
މީރާގެ މުވައްޒަފުންތަކެއް.... ފޮޓޯ/ މީރާ
މުޙައްމަދު މުސްޠަފާ
0 ކޮމެންޓް
 

ފުރަތަމަ މަހު ލިބުނު އާމްދަނީ 2.9 ޕަސެންޓް ދަށަށް

މި އަހަރުގެ ފުރަތަމަ މަހު ވެސް ދައުލަތުގެ ޓެކްސް އިދާރާ އަށް ލިބުނު އާމްދަނީ ކުރީ އަހަރުގެ މި މުއްދަތަށްވުރެ 2.9 ޕަސެންޓް ދަށަށް ހިންގައްޖެއެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮޓޯރިޓީ (މީރާ) އިން ހާމަކުރި ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު މީރާ އަށް ވަނީ 2.1 ބިލިއަން ރުފިޔާ ބަލައިގެންފައެވެ.

އެއީ މިދިޔަ ޖަނަވަރީ މަހު ލިބޭނެ ކަމަށް ލަފާކުރި ޖުމްލަ އާމްދަނީ އަށްވުރެ 2.2 ޕަސެންޓް އިތުރުވުމެކެވެ. އަދި މިދިޔަ އަހަރުގެ ޖަނަވަރީ މަހާ އަޅާ ބަލާއިރު އެއީ 2.9 ޕަސެންޓްގެ ދަށްވުމެކެވެ.

ބީޕީޓީން މިދިޔަ މަހު ދައުލަތަށް 880 މިލިއަން ރުފިޔާ ލިބިފައިވާއިރު އެ ޓެކުހަކީ މިދިޔަ މަހު އެންމެ ބޮޑު އާމްދަނީއެއް ދައުލަތަށް ލިބުނު ޓެކުހެވެ. އަދި ދެވަނަ އަށް އެންމެ ރަނގަޅު އާމްދަނީ އެއް ލިބުނީ ޖީއެސްޓީންނެވެ. އެއީ 799 މިލިއަން ރުފިޔާގެ އާމްދަނީ އެކެވެ.

މުޅި އާމްދަނީގެ ގޮތުގައި މި އަހަރު ބަޖެޓަށް ލިބޭނެ ކަމަށް ލަފާ ކޮށްފައިވަނީ 29 ބިލިއަން ރުފިޔާ އެވެ.
ހިޔާލު