Actor Freddy ah kujjaku libijje
image
ފްރެޑީ---
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

އެކްޓަރު ފްރެޑީ އަށް ކުއްޖަކު ލިބިއްޖެ

ބޮލީވުޑް އެކްޓަރު ފްރެޑީ ދަރުވާލާ އަށް ފިރިހެން ކުއްޖަކު ލިބިއްޖެއެވެ. dhi2
ފްރެޑީ ފިލްމީ ދާއިރާއަށް ނިސްބަތްނުވާ ކްރިސްޓަލް ވަރިއަވާ އާ ކައިވެނިކޮށްގެން އުޅޭތާ ހަ އަހަރު ވެފައިވާއިރު މިއީ ދެމީހުނަށް ލިބުނު ފުރަތަމަ ދަރިއެވެ. ދަރިފުޅު ލިބުނުކަން ފްރެޑީ ހާމަކޮށްފައިވާއިރު އޭނާ ބުނީ މިއީ އެދެމީހުންގެ ފުރަތަމަ ދަރިފުޅު ވުމުން ވަރަށް އުފާވާ ކަމަށެވެ.

އޭގެ އިތުރުން ދަރިފުޅަކީ އެމީހުންގެ ހުރިހާ އުފަލެއް ކަމަށް ވެސް ފްރެޑީ ވަނީ ބުނެފައެވެ. ކްރިސްޓަލް ވިހާފައިވަނީ މިމަހު ތިން ވަނަ ދުވަހު އިންޑިއާގެ ހޮސްޕިޓަލެއްގައެވެ.

ފްރެޑީގެ ސަޕޯޓަރުން އޭނާއަށް ތަހުނިޔާ ކިޔަމުން އަންނައިރު ދަރިފުޅަށް ކިޔާނެ ނަމަކާ މެދު ގިނަ ބައެއްގެ ހިތުގައި ސުވާލު ވަނީ އުފެދިފައެވެ. އަދި ދަރިފުޅުގެ ފޮޓޯއެއް ހިއްސާކުރާނެ ދުވަހަކަށް ތިބީ އިންތިޒާރުގައެވެ.

ފްރެޑީ ބޮލީވުޑަށް ތައާރަފުވެފައިވަނީ 2014 ވަނަ އަހަރު "ހޮލިޑޭ: އަ ސޯސްޖާ އިޝް ނެވާ އޮފް ޑިއުޓީ" އިންނެވެ. އޭނާ ވަނީ ނުވަ ފިލްމެއްގައި މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި "ފޯސް 3" އާއި "ކޮމާންޑޯ 2" އާއި " އުންމީދް" އަދި "ރޭސް 3" ހިމެނެއެވެ.
ހިޔާލު