200 Sports councilor inn kanda alhaafai vanee aaabaadhee ah balaigen: CSC
image
ދުޅަހެޔޮ ހަށިހެޔޮ އީދުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވަޑައިގަންނަވަނީ... ފޮޓޯ/ ރައީސް އޮފީސް
މުޙައްމަދު މުސްޠަފާ
0 ކޮމެންޓް
 

200 ސްޕޯޓްސް ކައުންސިލަރުން ކަނޑައަޅާފައި ވަނީ އާބާދީއަށް ބަލައިގެން: ސީއެސްސީ

މުޅި ރާއްޖެއަށް 200 ސްޕޯޓްސް ކައުންސިލަރުން ކަނޑައަޅާފައި ވަނީ އާބާދީއަށް ބަލައިގެން ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފިއެވެ.
ސީއެންއެމް އަށް ވާހަކަ ދައްކަމުން ސީއެސްސީގެ ތަރުޖަމާނަކު ވިދާޅުވީ، 187 ރަށަކަށް 200 ސްޕޯޓް ކައުންސިލަރުން އައްޔަން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކައުންސިލަރުން އައްޔަން ކުރުމުގައި އާބާދީގެ ނިސްބަތަށް ބަހާލައިގެން ކުރިއަށް ގެންދާ ކަމަށެވެ.

އެގޮތުން އާބާދީގެ ގޮތުން ބޮޑެތި ރަށްތަކުގެ ތެރެއިން ކޮންމެ ރަށަކަށް ތިނެއް ނުވަތަ ހަތަރު ކައުންސިލަރުން ހަމަޖައްސަން ނިންމާފައިވާއިރު ދެން ކޮންމެ ރަށަކަށް އެއް ކައުންސިލަރަކު ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ. އަދި މާލެއަށް އަށް ސްޕޯޓް ކައުންސިލަރަކު އައްޔަން ކުރާނެ ކަމަށް ވެސް ސީއެސްސީ އިން ބުންޏެވެ.

ސީއެސްސީ އިން ސްޕޯޓްސް ކައުންސިލަރުން އައްޔަން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު އަދި މިހާތަނަށް ރަސްމީކޮށް އެއްވެސް ރަށަކަށް ކައުންސިލަރަކު އައްޔަން ކުރި ކަމެއް ސީއެންއެމަށް އެގިފައެއް ނުވެއެވެ. ސީއެސްސީ ބުނީ މިކަން ހިންގާ ބަލަހައްޓަނީ ޔޫތު މިނިސްޓްރީން ކަމަށެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް ސްޕޯޓް ކައުންސިލަރުން ހަމަޖެއްސުން އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅުވީ ދުޅަހެޔޮ ސިއްހަތަކަށް ވާސިލުވެވޭނެ އެންމެ މުހިންމު ކަމަކީ ހަރަކާތްތެރި ދިރިއުޅުމަކަށް އަހުލުވެރިވުން ކަމަށްވާތީ ރައްޔިތުން ކަސްރަތަށް އަހުލުވެރިކުރުމަށްޓަކައި، ކޮންމެ ރަށެއްގައި ސްޕޯޓްސް ކައުންސިލަރެއް ބެހެއްޓުމުގެ ސިޔާސަތުގެ ދަށުން ސިވިލް ސާވިސް އޮނިގަނޑަށް މިހާރުވަނީ ސްޕޯޓްސް ކައުންސިލަރުންގެ ނަމުގައި 200 މަގާމު އަލަށް އިތުރުކޮށްފައެވެ.
ހިޔާލު