Naajaaizukameh hingaakamah shahku kurevunas samaalukamah genes dhehvaa: Raees
image
ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ނައިބް ރައީސް ފައިސަލް ނަސީމާއެކު ދައުލަތުގެ ބައެއް ވަޒީރުން--
1 ކޮމެންޓް
 

ނާޖާއިޒުކަމެއް ހިނގާކަމަށް ޝައްކު ވިޔަސް ސަމާލުކަމަށް ގެނެސް ދެއްވާ: ރައީސް

ކޮންމެ ރައްޔިތަކު ވެސް މަސައްކަތް ކުރާ ތަނެއްގައި ނުވަތަ އޮފީހެއްގައި ނާޖާއިޒު ކަމެއް ހިނގާކަމަށް ޝައްކުކުރެވޭ އެކަމެއް ހިނގާ ނަމަވެސް އެކަމެއް ސަރުކާރުގެ ސަމާލުކަމަށް ގެނެސްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފި އެވެ. Dhiraagu
"ޒީރޯ ޓޮލަރެންސް ފޯ ކޮރަޕްޝަން" ކެމްޕެއިން ފެށުމަށް މިއަދު ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައިސް ސޯލިހު ވިދާޅުވީ، ކޮރަޕްޝަނުގެ މައްސަލަތައް ހުށަހެޅުމަށް މިއަދު ތައާރަފުކުރި އޮންލައިން ޕްލެޓްފޯމު މެދުވެރިކޮށް ދައުލަތުގެ ހުރިހާ އިދާރާއެއްގެ ހުރިހާ މުއައްޒަފުން ވެސް އޮފީހުގައި ނާޖާއިޒު ކަމެއް ހިނގާކަމަށް ޝައްކުވިޔަސް، އެކަމެއް ސަމާލުކަމަށް ގެނެސް ދިނުމަށެވެ.

އާންމު ރައްޔިތުން ވެސް އެ ޕޯޓަލް މެދުވެރިކޮށް ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅުމަށް އިލްތިމާސްކުރައްވައި، ރައީސް ވިދާޅުވީ، ރާއްޖެއިން ކޮރަޕްޝަންގެ ވަބާ ފުހެލައި، ގައުމު އިސްލާހުކޮށް، ނަޒާހަތްތެރި މުޖުތަމައެއް ބިނާކުރެވޭނީ އެންމެންގެ ވެސް އެއްބާރުލުމާއެކު ކަމަށެވެ.

"ކޮންމެ ބޭފުޅަކުވެސް ގަބޫލުފުޅުކުރައްވަންވީ، ކޮރަޕްޝަން ނައްތައިލުމުގެ މަސައްކަތް ފެށޭނީ، އެބޭފުޅެއްގެ އަމިއްލަ ނަފްސާ ހަމައިންކަން. އެކަމަށް ބޭނުންވަނީ ކޮންމެ ބޭފުޅެއްގެ އިޚްލާސްތެރިކަން. ޒަމީރުގެ ތެދުވެރިކަން. މިއަދަކީ ދިވެހި ކޮންމެ ފަރުދަކު އެކަމަށް ފަށައިގަންނަ ދުވަހެއް ކަމުގައި ހައްދަވަމާ ހިންގަވާ." ރައީސް ވިދާޅުވިއެވެ.

ކޮރަޕްޝަނާމެދު މި ސަރުކާރުން ގެންގުޅޭނެ ހަމައެކަނި ސިޔާސަތަކީ "ޒީރޯ ޓޮލަރެންސް" ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މަތީ މަގާމުތަކަށް އައިސް، ދައުލަތް ހިންގުމުގެ ޒިންމާ އުފުލާ މީހުންނަކީ، ކޮރަޕްޝަނާއި، ވައްކަމާއި، ހިޔާނާތަށް ފާޅުގައި ނޫނެކޭ ބުނުމުގެ ހިތްވަރު ހުރި ބައެއްނަމަ ނާޖާއިޒު ގޮތެއްގައި ސަރުކާރުގެ ތެރެއިން ކަންކަން ކުރަން އެންމެ ރައްޔިތަކުވެސް މަސައްކަތެއް ނުކުރާނެ ކަމަށެވެ.

ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލުން ކޮންމެ އަހަރަކު ވެސް ނެރެމުން އަންނަ "ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް" ގައި ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ރާއްޖެ ވަނީ ފަހަތައް ޖެހިފައެވެ. ކޮރަޕްޝަން މަދު ގައުމުތަކަށް އިތުރަށް މާކްސް ލިބޭއިރު ކޮރަޕްޝަނުގެ ވަބާގައި ޖެހިފައިވާ ގައުމުތައް ދަށް މާސްކްތައް ލިބޭގޮތަށް ގިންތިކުރާ އެރިޕޯޓުގައި ރާއްޖެ އަށް މި އަހަރު ލިބިފައިވަނީ 31 އެވެ. އެ ރިޕޯޓާ ގުޅިގެން ޓްރާންސްޕޭރަންސީން ބުނީ، ރާއްޖެ ފަހަތަށް ދިއުމަކީ ޑިމޮކްރެޓިކް މުވައްސަސާތައް ރޫޅި، އަތްނުފޯރާ ވަރަށް ކޮރަޕްޝަނުގެ ވަބާ އަށަގެންފައިވާ ކަމުގެ ބިރުވެރި ނިޝާނެއް ކަމަށެވެ.
ހިޔާލު

މޮހޯ

ފެނަކަ ކަމަކުނުދޭ ރައްޔިތުންނާދޭތެރޭ ހަރުކަށިކަން އެބަދައްކާ ފެނަކަޔަށް ހަނދާންކޮއްދޭން އެބަޖެހޭ މީ އޯގާތެރި ސަރުކާރުކަން ...