Mifaharuge night market thafaathu gothakah Hulhumale' Central Park gai
image
މިފަހަރުގެ ނައިޓް މާކެޓް ތަފާތު ގޮތަކަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި--
މުޙައްމަދު މުސްޠަފާ
5 ކޮމެންޓް
 

"ޓްރޭޑް މާކެޓް ފެސްޓިވަލް" ގެ ނަމުގައި މިފަހަރުގެ ނައިޓް މާކެޓް ތަފާތު ގޮތަކަށް

މި އަހަރުގެ ރޯދަމަހަށް ހާއްސަ ކޮށްގެން ބާއްވާ ނައިޓް މާކެޓެއް ތަފާތު ގޮތަކަށް ހުޅުމާލޭގައި ބާއްވަން ނިންމާފައިވާ ކަމަށް ސްޓްރައިވް އިވެންޓްސް އެންޑް އެންޓަޓައިމަންޓް ބުނެފިއެވެ.
ސީއެންއެމް އަށް ވާހަކަ ދައްކަމުން ސްޓްރައިވް އިވެންޓްސްގެ މެމްބަރަކު ބުނީ، ޓްރޭޑް މާކެޓް ބާއްވާނީ އަންނަ މަހުގެ 26 އިން ފެށިގެން ދިހަ ދުވަހަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކަމަށެވެ.

ސްޓްރައިވް އިވެންޓްސްއިން ބުނީ، މިފަހަރުގެ ޓްރޭޑް މާކެޓްގައި ވެސް 200 މޭޒު ބެހެއްޓޭނެ ކަމަށާއި މިހާރުވެސް މޭޒު ދޫކުރަމުންދާ ކަމަށެވެ.

"މިހާރުވެސް 30 ޕަސެންޓް ވަނީ ދޫކުރެވިފަ، މޭޒު ދޫކުރުމުގެ ފުރުސަތު މިހާރު މިވަނީ ހުޅުވާލާފަ، އަންނަ މަހުގެ 20 ގެ ނިިޔަލަށް އެ ފުރުސަތު އޮންނާނެ" ސްޓްރައިވް އިވެންޓްސް އިން ބުނެއެވެ.

މާޗް މަހުގައި ބާއްވާ ޓްރޭޑް މާކެޓްގައި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ވެސް ކުރިއަށް ދާނެ ކަމަށާއި، އެފަދަ ގޮތަކަށް އެ މާކެޓް ބޭއްވުމުގެ މަގްސަދަކީ އަގުހެޔޮކޮށް ވިޔަފާރި ކުރުމުގެ އިތުރުން ރޯދަ މަހަށް އަތްފޯރާ ފަށުގައި މުދާ ލިބޭނެ ގޮތެއް ހެދުން ކަމަށް އިވެންޓު އިންތިޒާމު ކުރާ ފަރާތުން ބުނެއެވެ.

އޭގެ އިތުރުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރި އަރުވަން މަސައްކަތް ކޮށް، މުނިފޫހިލިވުމުގެ ދާއިރާ ކުރިއެރުވުމަށް އިތުރު ދޮރެއް މި މާކެޓުގެ ތެރެއިން ހުޅުވިގެންދާނެ ކަމަށްވެސް ސްޓްރައިވް އިވެންޓުން ބުނެއެވެ. ޓްރޭޑް މާކެޓުން ލިބޭ ފައިދާގެ ވަކި ޕަސެންޓެއް ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުގައި މަސައްކަތް ކުރާ ބައެއް އަމިއްލަ ޖަމިއްޔާ ތަކަށެވެ.

ސްޓްރައިވް އިވެންޓުން ބުނީ، ކުރިއަށް އޮތް ޓްރޭޑް މާކެޓް ބާއްވަން ނިންމީ ވިޔަފާރިވެރިންގެ ޖަމިއްޔާ އާއި ޓްރޭޑް މިނިސްޓްރީގެ އިތުރުން ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު ވާހަކަ ދެކެވި ހުރިހާ ފަރާތްތަކެއްގެ ވެސް އެއްބާރުލުން ލިބިގެން ކަމަށެވެ.
ހިޔާލު

ޖަވާބު

އެތަންތަންތަން ހަޑިކުރަނީ އެތަން ހަދާމީހުންނެއް ނޫން އެތަނައްދާ ކަސްޓްމަރުން މީގެން އިގެނީ ދިވެހިންގެ ނާތަހުޒީބުކަން މީވަރައްވާހަކަ.

ބޮންޑް

ތީރަގަޅު ކަމެއްނޫން. ޕާކް ހަލާކުކުރުމާއި އަހަރެން ދެކޮޅު

ޜޮޒައިނާ

ޢޯކޭ ކިތަމްމެ ކުޅިވަރެއް ބޭއްވިޔަސް

ޙަމަބުނެލީ

ޢެހެން ތަނެއްނެތީ ތަ ހަލާކު ކުރަން؟

ވަހީދު

ތިތަން ވެސް ހަޑިކުރާނެ ގޮތެއް ހޯދަނީދޯ!