China ge sagaafaih dhahkuvaidhey show eh Olympus gai baahvanee
image
ޗައިނާގެ ސަގާފަތް ދައްކުވައިދޭ ޝޯއެއް އޮލިމްޕަހުގައި ބާއްވަނީ---
0 ކޮމެންޓް
 

ޗައިނާގެ ސަގާފަތް ދައްކުވައިދޭ ޝޯއެއް އޮލިމްޕަހުގައި ބާއްވަނީ

މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖާއި ޗައިނާގެ އެމްބަސީ ގުޅިގެން ބާއްވާ ޗައިނާގެ ސަގާފީ ހަރަކާތްތަކެއް ދައްކުވައިދޭ ޝޯއެއް އޮލިންޕަހިގައި ބާއްވަން ނިންމައިފިއެވެ.
މިމަހު 18 ގައި އޮލިންޕަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ޝޯއަކީ "ޗޮންގްކިންގް މުނިސުޕަލް އާޓް ޓުރޫޕު" ގެ ސަގާފީ ޝޯއެކެވެ. ކޮންމެ މީހަކަށް ހިލޭ އެ ޝޯ ބަލާލަށް ދެވޭއިރު އެ ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 20:15 ގައެވެ.


ނޭޝަނަލް ސެންޓާ ފޯ އާޓްސްގެ އެސިސްޓެންޓް ޑިރެކްޓަރު، އައިޝަތު އަބްދުﷲ ވިދާޅުވި ގޮތުގައި އެޝޯގައި ޖުމްލަ 13 އައިޓަމެއް ހުށައަޅާނެ ކަމަށާއި އޭގެ ތެރެއިން އެއް ހުށައެޅުމަށް ހަބޭސް ބޮޑުބެރު ގުރޫޕުވެސް ބައިވެރިވާނެއެވެ.

ޖުމްލަ 40 ބައިވެރިން އެޝޯ ހުށައަޅައި ދިނުމަށް ރާއްޖެ އަންނައިރު މިދިޔަ އަހަރުވެސް ވަނީ ޗައިނާގެ ސަގާފީ ހަރަކާތްތަކެއް ދައްކުވައިދޭ ޝޯއެއް ފެބުރުއަރީ މަހުގެ ތެރޭގައި ބާއްވާފައެވެ.
ޗައިނާ ހެރިޓޭޖް ޝޯ
ހިޔާލު