Midhiya mahu etherekuri mudjhaluge agu Hatharu Billion ah
image
0 ކޮމެންޓް
 

މިދިޔަ މަހު އެތެރެކުރި މުދަލުގެ އަގު ހަތަރު ބިލިއަނަށް

ނިމިގެންދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގު ހަތަރު ބިލިއަނަށް އަރާ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުން ދައްކައިފިއެވެ.
ކަސްޓަމުން އާންމު ކުރި ތަފާސް ހިސާބުން ދައްކާގޮތުގައި މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނަ މުދާ އެތެރެކޮށްފައި ވަނީ ދުބާއީންނެވެ. ރާއްޖެއަށް އެތެރެކުރި މުދަލުގެ 21 އިންސައްތަ ދުބާއީ އިން އެތެރެކޮށްފައިވާއިރު، އެއީ 802 މިލިއަން ރުފިޔާގެ މުދަލެވެ. 16 އިންސައްތަ އެތެރެކޮށްފައި ވަނީ ޗައިނާއިންނެވެ. ރާއްޖެއާ އެންމެ އަވަށްޓެރި އިންޑިއާއިން އެތެރެކޮށްފައި ވަނީ 332 މިލިއަން ރުފިޔާގެ މުދަލެވެ. އެއީ އެންމެ 9 އިންސައްތަ މުދަލެވެ.

މިވޭތުވެދިޔް 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ރާއްޖެއަށް އެތެރެކޮށްފައި ވަނީ 3.8 ބިލިއަން ރުފިޔާގެ މުދަލެވެ. އެހެންކަމުން މިއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު ހަ އިންސައްތަ އިތުރު އަދަދެކެވެ.

ރާއްޖޭން ބޭރުކުރި މުދަލުގެ އަގު އުޅެނީ 342.6 މިލިއަން ރުފިޔާގައެވެ. ޖެނުއަރީ މަހު ރާއްޖެއިން މައިގަނޑުކޮށް ބޭރުކޮށްފައި ވަނީ އެކިކަހަލަ މަހުގެ ބާވަތްތަކެވެ. ކަޅުބިލަމަސް ބޭރުކޮށްގެން 62 މިލިއަން ރުފިޔާ ލިބުނުއިރު، ކަންނެލި މަހާއި ކަންނެލި މަހުގެ ބާވަތްތައް ބޭރުކޮށްގެން 85 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ރާއްޖެއިން އެންމެ ގިނައިން މުދާ ބޭރުކޮށްފައި ވަނީ ޖަރުމަން ވިލާތަށެވެ. ޖަރުމަނަށް 34 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައިވާއިރު، އެމެރިކާއަށާއި އިނގިރޭސިވިލާތަސް ކޮންމެ ގައުމަކަސް 28 މިލިއަން ރުފިޔާގެ މުދާ ވަނީ ބޭރުކޮށްފައެވެ.

ނިމިދިޔަ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ރާއްޖެއިން ބޭރުކުރި މުދަލުގެ އަގު އުޅެނީ 473.2 މިލިއަން ރުފިޔާގައެވެ. އެހެންކަމުން މިއަހަރު ބޭރުކުރެވުނު އަދަދު ވަނީ މިދިޔަ އަހަރާއި އަޅާ ބަލާއިރު 28 އިންސައްތަ ދަށްވެފައެވެ.

ކަސްޓަމުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އާމްދަނީގެ ގޮތުގައި މިދިޔަ މަހު ލިބިފައި ވަނީ 306.6 މިލިއަން ރުފިޔާއެވެ. އެއީ މިދިޔަ އަހަރު ޖެނުއަރީ މަހު ލިބުނު 268 މިލިއަން ރުފިޔާއާއި އަޅާބަލާއިރު 14 އިންސައްތަ އިތުރު އަދަދެކެވެ.
އިގްތިސާދު
ހިޔާލު