Male' Sarahahdhugai 10 school alhan ulhey vaahakaeh nubunan: Minister
image
މިނިސްޓަރު އައިޝަތު އަލީ-- ފޮޓޯ: ޕީއެސްއެމް ނިއުސް
0 ކޮމެންޓް
 

މާލެގައި 10 ސްކޫލެއް އަޅަން އުޅޭ ވާހަކަ ނުބުނަން: މިނިސްޓަރު

މާލެ ސަރަހައްދުގައި 10 ސްކޫލު އަޅަން ނިންމާފައިވާ ކަމަށް ވިދާޅުނުވާ ކަމަށާއި ވިދާޅުވީ މިހާރު މާލެ ސަރަހައްދުގައި ހުރި ސްކޫލުތައް އެއް ދަންފަޅިއަށް ބަދަލުކުރުމަށް އިތުރު 10 ސްކޫލު އަޅަން ޖެހޭކަމަށް އޮޑިޓުގައި ފާހަގަވި ވާހަކަކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ، އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
މާލެ ސަރަހައްދުގައި ދިހަ ސްކޫލެއް އަޅަން އެޑިއުކޭޝަނުން ނިންމާފައިވާ ކަމަށް ބުނެ ހަބަރުތައް ފެތުރުނީ ކިޔަވާދިނުން އެއް ދަންފަޅި އަށް ކިޔަވާދޭގޮތަށް ބަދަލުކުރަން ބޭނުންވާނެ ވަސީލަތްތައް ދެނެގަތުމަށް ހެދި އޮޑިޓް ރިޕޯޓް ހާމަކުރުމަށް ވިލިމާލޭ މުހިޔުއްދީން ސްކޫލުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ދެއްކެވި ވާހަކަތަކަކާއި ގުޅިގެންނެވެ. އެކަމުގެ ސަބަބުން މިނިސްޓްރުގެ އިތުރުން ސަރުކާރަށް ގިނަ ބަޔަކު ވަނީ ފާޑުކިޔުންތައް އަމާޒުކޮށްފައެވެ.

އެކަމާއި ގުޅިގެން މީހަކު ބުނީ، މިނިސްޓްރީގެ އެ ނިންމުމުގެ ސަބަބުން މާލެ ތޮއްޖެމަށް ހައްލެއް ނޯންނާނެ ކަމަށެވެ. އަދި މާލެ ސަރަހައްދުގައި ސްކޫލު އެޅުމުގެ ބަދަލުގައި އެ ފައިސާ އަތޮޅު ތެރޭގެ ސްކޫލުތައް ތަރައްގީ ކުރުމަށް ބޭނުން ކޮށްފިނަމަ މާލޭގެ ސްކޫލުތަކަށް ރަނގަޅު ތައުލީމު ހޯދުމަށް ދާން ނުޖެހޭނެ ކަމަށް ބައެއް މީހުން ފާހަގަކުރެއެވެ.

އޭގެ އިތުރުން އެ އޮޑިޓަކީ ޖަޒީރާ ރާއްޖޭގެ މެނިފެސްޓޯގެ ނަޒަރަކުން ހަދާފައިވާ އޮޑިޓެއް ނޫން ކަމަށް ވެސް ބައެއް މީހުން ބުނެއެވެ.


އެ ހަބަރު ދޮގުކޮށް މިނިސްޓަރު ވިދާޅުވީ، " އަޅުގަނޑު ދެންނެވީ މާލެ ސަރަހައްދުގައި އިތުރު 10 ސްކޫލު އަޅާ ވާހަކެއް ނޫން، އެގޮތަށް އެޑިޓުން ދެއްކި ވާހަކަ. ދިރާސާތަކުން ދައްކާ ގޮތުގައި ސްކޫލެއް ފުރިހަމަ ގޮތުގައި ހިންގުމަށް ސްކޫލު ސައިޒް، 800-1000ގައި ބަހައްޓަން ޖެހޭ." އެވެ.

ސަރުކާރުން ހިންގަމުން އަންނަ 213 ސްކޫލުގެ ތެރެއިން 151 ސްކޫލެއް މިހާރު ވެސް ހިންގަމުން އަންނަނީ އެއްދަންފަޅިއަށެވެ. އެޑިޓު ރިޕޯޓުން ދައްކާ ގޮތުގައި ސްކޫލުތައް އެއް ދަންފަޅިއަށް ބަދަލުކުރުމަށް އެންމެ ބޮޑު ގޮންޖެހުމެއް މާލެ ސަރަހައްދަށް އޮތްއިރު މާލޭގައި ދެ ދަންފަޅިއަށް 13 ސްކޫލެއްގައި އަންނަނީ ކިޔަވައިދެމުންނެވެ. ޖާގައިގެ ދަތިކަމުގެ ސަބަބުން ދެ ދަންފަޅިއަށް ކިޔަވައިދެމުން އަންނައިރު 2023 ގެ ކުރިން ހުރިހާ ސްކޫލެއް އެއް ދަންފަޅިއަށް ބަދަލުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.
ހިޔާލު