Anehkaa ves genbigen fathuruveriaku maruvehje
image
ވެލިދޫ އައިލެންޑް ރިސޯޓް: މަރުވީ އޮސްޓްރޭލިޔާ ފަތުރުވެރިއެއް.
0 ކޮމެންޓް
 

އަނެއްކާ ވެސް ގެނބިގެން ފަތުރުވެރިއަކު މަރުވެއްޖެ

އއ. ވެލިދޫ އައިލޭންޑް ރިސޯޓްގައި މޫދަށް އެރިއުޅުނު ފަތުރުވެރިއަކު މިއަދު ގެނބިގެން މަރުވެއްޖެ އެވެ.
ފަހަކަށް އައިސް ރާއްޖޭގައި ގެނބިގެން ފަތުރުވެރިން މަރުވަމުން އަންނަ އަދަދު އިތުރުވެފައި ވަނިކޮށް މިއަދު ގެނބިގެން މަރުވީ 78 އަހަރުގެ އޮސްޓްރޭލިޔާ ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ އޭނާ މަރުވި ކަމުގެ ރިޕޯޓް ލިބިފައިވަނީ 16:49 ގައި ކަމަށެވެ.

މިއީ މި މަހުގެ ތެރޭގައި ގެނބިގެން މަރުވި ދެ ވަނަ ފަތުރުވެރިއެވެ. އެގޮތުން މި މަހުގެ ހަ ވަނަ ދުވަހު ވަނީ ރޮބިންސަން މޯލްޑިސް ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ 45 އަހަރުގެ ޗައިނާ ފަތުރުވެރިއަކު ވަނީ މަރުވެފަ އެވެ.

އޭގެ އިތުރުން މި މަހުގެ ހަ ވަނަ ދުވަހު ވަނީ ރަންގިރީ ފަރު ތެރެއަށް ފީނަން ގޮސްއުޅެނިކޮށް 21 އަހަރުގެ ޒުވާން ދިވެއްސަކު ވެސް މަރުވެފަ އެވެ. އެ ހާދިސާގައި މަރުވީ ބ. ތުޅާދޫ ފޮނިލޮނބޯގޭ ޔާފިއު ހުސައިނެވެ.
ހިޔާލު