Athama in 3 bank akah 699 million Rufiyaa dhahkan kuri hukum rangalhu: Supreme Court
image
އެ ލޯނުތަކަށް ރަހުނު ކޮށްފައިވާ ދެ ރިސޯޓުގެ ތެރެއިން މާވެލާވަރު: ފައިސާ ނުދައްކައިފިނަމަ ބޭންކުން ވިއްކާލާނެ.
1 ކޮމެންޓް
 

އަތަމާ އިން ތިން ބޭންކަކަށް 699 މިލިޔަން ރުފިޔާ ދައްކަން ކުރި ހުކުމް ރަނގަޅު: ސްޕްރީމް ކޯޓް

އަތަމާ އިންވެސްޓްމަންޓުގެ ފަރާތުން ތިން ބޭންކަކަށް ޖުމްލަ 699 މިލިޔަން ރުުފިޔާ ދައްކަން ދަށު ކޯޓުން ހުކުމް ކޮށްފައިވަނީ ރަނގަޅަށް ކަމަށް ސްޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.
އަތަމާގެ މައްޗަށް އެންމެ ފުރަތަމަ ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މާލޭ ބްރާންޗާއި އެ ބޭންކުގެ މޮރިޝަސް ބްރާންޗްގެ އިތުރުން ކޮމާޝަލް ބޭންކް އޮފް ސިލޯނުން ނަގާފައިވާ ލޯނު ނުދެއްކުމުން ޖުމްލަ 45 މިލިޔަން ޑޮލަރު (699 މިލިޔަން ރުފިޔާ) ދެއްކުމަށެވެ.

ނަމަވެސް އެ ހުކުމް ރަނގަޅު ނޫން ކަމަށް ބުނެ އެ ކުންފުނިން 2014 ވަނަ އަހަރު އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ އެވެ. އެކަމަކު ހައިކޯޓުން ސިވިލް ކޯޓުގެ ހުކުމް ރަނގަޅު ކަމަށް ނިންމީ އެވެ. އެ މައްސަލަ ސްޕްރީމް ކޯޓަށް ދިޔައީ އެހާ ހިސާބުން އެ މައްސަލަ އަތަމާ އިން ސްޕްރީމް ކޯޓުގައި އިލްތިމާސް ކުރުމުންނެވެ.

މިދިޔަ ހަފްތާގައި ސްޕްރީމް ކޯޓުން ކޮށްފައި ހުކުމުގައި ސިވިލް ކޯޓާއި ހައިކޯޓުގެ ނިންމުން ރަނގަޅު ކަމަށް ކަނޑައެޅުމުން، އެންމެ ފުރަތަމަ ސިވިލް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް، އަތަމާ އާއި އެ ލޯނުތަކަށް ގެރެންޓީ ދިން ފަރާތުން އެ ފައިސާ ހަތް މަހުގެ ތެރޭގައި ދައްކަން ޖެހޭނެ އެވެ.

ނުވަތަ އެ ލޯނަށް ރަހުނު ކޮށްފައިވާ ކިހާދުއްފަރު ރިސޯޓާއި މާވެލާވަރު އައިލެންޑް ރިސޯޓް ވިއްކާލުމުގެ ހުއްދަ ލޯނުތައް ނެގި ބޭންކަށް ލިބޭނެ އެވެ.
ހިޔާލު

ކާލި

ރިބާގެ މުއާމަލާތަކުން ފައިދާއެއް ނުވާނެ ވިއްޔާ ވާނީ ގެއްލުމާއި ހަލާކު، އޭގެ ހެކި މިފެންނަނީ ، ރިބާގެ މުއާމަލާތަކުން ބަންގުރޫޓު ވާނީ ވިޔަފާރިތަށަވެސް !