MTCC chair akah Faheem, STELCO ah Rasheed
image
އެމްޓީސީސީ އާއި ސްޓެލްކޯ: އެ ދެ ކުންފުންޏަށް ވަނީ އާ ޗެއާމަނުން އައްޔަން ކޮށްފައި.-- ފައިލް ފޮޓޯ
1 ކޮމެންޓް
 

އެމްޓީސީސީ ޗެއާ އަކަށް ފަހީމް، ސްޓެލްކޯ އަށް ރަޝީދު

އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަނަކަށް މުހައްމަދު ފަހީމް (ކުޑަފަރީ ފަހީމް) އަދި ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަނަކަށް މުހައްމަދު ރަޝީދު އައްޔަން ކޮށްފި އެވެ. dhi2
އެނގިފައިވާ ގޮތުގައި އެމްޓީސީސީގެ ޗެއާ އަކަށް ކުޑަފަރީ ފަހީމް އައްޔަން ކުރި އިރު، އެ ކުންފުނީގެ ބޯޑަށް ސަރުކާރުގެ ފަރާތުން އައްޔަން ކުރާ ޑިރެކްޓަރެއްގެ ގޮތުން ސަން އޮންލައިންގެ ކުރީގެ ސީއީއޯ ސިނާން އަލީ ވެސް ވަނީ އައްޔަން ކޮށްފަ އެވެ. ސިނާން އަކީ ކުރީގެ ސަރުކާރުގައި ވެސް އެމްޓީސީސީގެ ބޯޑަށް އައްޔަން ކުރި ބޭފުޅެކެވެ.

ސްޓެލްކޯގެ ޗެއާމަނަކަށް އައްޔަން ކުރި މުހައްމަދު ރަޝީދު އަކީ އެ ކުންފުނީގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި ބޭފުޅެކެވެ. އެގޮތުން މީގެ ކުރިން އެ ކުންފުނީގެ ސީއީއޯ ކަމާއި ޑެޕިއުޓީ އެމްޑީ ކަން ވެސް އޭނާ ކުރެއްވި އެވެ.

އާ ސަރުކާރުން ކުންފުނިތަކުގެ ވެރިން ބަދަލުކުރަމުން އަންނަ އިރު، އެމްޓީސީސީގެ ސީއީއޯ އަކަށް އައްޔަން ކޮށްފައިވަނީ ހަސަން ޝާހު އެވެ. އަދި ސްޓެލްކޯގެ އެމްޑީ އަކަށް އައްޔަން ކޮށްފައިވަނީ ކުރީގެ ސަރުކާރުގައި ވެސް އެ މަގާމު އަދާކުރެއްވި ހަސަން މުގްނީ އެވެ.
ހިޔާލު

ހިލަބެ

ބަލަންމިހުރީ ޔާމީންގެ ސަރުކާރުގަވެސް ކުޑަފަރި ސާލިމް ޗެއާމަނަކީ މިފަހަރު ހަމަ ކުޑަފަރި ފަހީމު ދެމީހުންގެ ތަފާތު ފެނިގެން ދާނެ
އުއްމީދުކުރަނީ ވަރަށް ސްޕީޑްނަގާނެކަމަށް ގްޑުލަކް