ހަބަރު
ފޭޑި
ރިޕޯޓް
ހިޔާލު
ވިޔަފާރި
ދުނިޔެ
ކުޅިވަރު
މުނިފޫހިފިލުވުން
ހަބަރު
/
އެހެނިހެން
މިނިސްޓާ ޝާހިދު އަދި ޝައުނާ ސައުދީ އަށް ވަޑައިގެންނެވުމަށް އެއާޕޯޓުގައި.-- ފޮޓޯ: ފޮރިން މިނިސްޓްރީ
12 ފެބްރުއަރީ 2019
0 ކޮމެންޓް
Tweet
ފޮރިން މިނިސްޓަރު ޝާހިދު ސައުދީ އަށް
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރެއްގައި މިއަދު ސައުދީ އަރަބިއްޔާ އަށް ފުރާވަޑައިގެންފި އެވެ.
މިނިސްޓަރުގެ ދަތުރުގައި ސައުދީގެ ފޮރިން މިނިސްޓަރު ޑރ. އިބްރާހިމް ބިން އަބްދުލްއަޒީޒް އަލްއައްސަފް އާއި އެ ގައުމުގެ ސަރުކާރުގެ އިސްވެރިންނާއި ބައްދަލު ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
އޭގެ އިތުރުން ދެ ގައުމުގެ ގުޅުންތައް އިތުރަށް ހަރުދަނާ ކުރެއްވުމަށް މަޝްވަރާ ކުރުމާއި، ރާއްޖޭގެ ތަރައްގީ އަށް ސައުދީން ދެވެންހުރި އެހީތަކާއި ގުޅޭގޮތުން މަޝްވަރާ ކުރަން ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
މިނިސްޓަރާއި އެކު ސައުދީ އަށް ވަޑައިގެންނެވި ޑެލިގޭޝަނުގައި ހިމެނެނީ ރައީސް އޮފީހުގެ ޕޮލިސީ ސެކެޓްރީ އާމިނަތު ޝައުނާ އާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކެޓްރީ އަހުމަދު ޝިއާންގެ އިތުރުން ހާރިޖީ ވުޒާރާގެ ބައެއް އިސް ވެރިންނެވެ.
މިއީ ފޮރިން މިނިސްޓަރުކަމާ ޝާހިދު ހަވާލުވުމަށް ފަހު އެ ގައުމަށް ކުރައްވާ ފުރަތަމަ ދަތުރެވެ. މިއަދު ސައުދީ އަށް ފުރި އިރު، އެނބުރި ރާއްޖެ އަށް ވަޑައިގަންނަވާނެ ދުވަހެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.
ގުޅުންހުރި
މިނިސްޓަރު ޝާހިދު
ފޮރިން މިނިސްޓްރީ
ސައުދީ އަރަބިއްޔާ
ހިޔާލު
ނަން:
ފުރުއްވާފަ ފޮނުއްވާ!
ހިޔާލު:
ކޮމެންޓް ލިޔުއްވާ!
އެންމެފަސް
16 މީހުން ތިބި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް، އެކަކު ސީރިއަސް
17 މިނެޓު ކުރިން
ކަޝްމީރު ހަމާލާގައި މަރުވި ކޮންމެ އާއިލާއަކަށް އަމީތާބު ފައިސާގެ އެހީދީފި
2 ގަޑިއިރު ކުރިން
ސުހާނާ އެންމެ ޑޭޓު ކުރަން ބޭނުމީ ކޮރިއާގެ ތަރި ސޫހޯއާ
2 ގަޑިއިރު ކުރިން
ޕަލަކް އާއި ތަޕަސްވީގެ ހަނީމޫން ނިއުޒިލެންޑުގައި
3 ގަޑިއިރު ކުރިން
ސްރީދޭވީ އަކީ ހަނދާން ނައްތާލެވޭވަރުގެ މީހެއް ނޫން: އަނިލް
3 ގަޑިއިރު ކުރިން