Mumbai gai 5 aharuge kuhjaku rape koh maraalaifi
image
އިންޑިއާގައި ރޭޕްގެ މައްސަލަތައް ގިނަވުމުން ކުރި މުޒާހަރާއެއްގެ ތެރެއިން.
2 ކޮމެންޓް
 

މުމްބާއީގައި ފަސް އަހަރުގެ ކުއްޖަކު ރޭޕްކޮށް މަރާލައިފި

ބަދުއަހުލާގީ މައްސަލަތައް އިންތިހާ އަށް ގިނަވެފައިވާ އަވައްޓެރި އިންޑިއާގެ މުމްބާއީގައި ފަސް އަހަރުގެ އަންހެން ކުއްޖަކު ވަގަށް ނެގުމަށް ފަހު، ރޭޕްކޮށް، މަރާލާފައި އޮއްވާ ފެނިއްޖެ އެވެ.
އިންޑިއާގެ ނޫސްތަކުގައި ބުނެފައިވަނީ މުމްބާއީގެ މަހިމް ނެއިބާހުޑުގެ ފަގީރު އާއިލާއަކަށް ނިސްބަތްވާ އެ ކުއްޖާ ވަގަށްނެގީ މިދިޔަ ބުރާސްފަތި ދުވަހު ފަތިހުގެ ވަގުތެއްގައި ކަމަށެވެ. އަދި އެ ކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރިތާ އިރުކޮޅެއް ފަހުން، މަރާލުމަށް ފަހު މަގުމައްޗަށް އެއްލާލާފައި އޮއްވާ ފެނިގެން އޮޓޮޕްސީ ހެދުމުން ރޭޕްކޮށްފައިވާކަން ޔަގީންވެފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ ނޫސްތަކުން ބުނެ އެވެ.

މުމްބާއީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ނޫސްތަކަށް ވިދާޅުވީ ތަހުގީގަށް މިހާތަނަށް ހޯދިފައިވާ މައުލޫމާތުތަކަށް ބަލާއިރު އެކަން ކުރީ އެކަކު ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް އެ މައްސަލަ ތަހުގީގު ކުރަމުން އަންނާތީ އިތުރު މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.

އެ ކުއްޖާގެ އިތުރުން އިންޑިއާގެ އަންދްރަ ޕްރަދޭޝްގައި އިއްޔެ ވަނީ އަންހެނަކު ރޭޕްކޮށް މަރާލާފަ އެވެ. އެތައް ބަޔަކު ބައިވެރިވެގެން އެ އަންހެން މީހާ ރޭޕް ކުރުމަށް ފަހު މަރާލި އިރު، އެ އަންހެން މީހާގެ ލޯބިވެރިޔާ އަށް ވެސް ވަނީ ބޮޑެތި އަނިޔާތަކެއް ކޮށްފަ އެވެ. އެގޮތުން އޭނާ އަށް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން އަންނަ އިރު ހާލު ވަރަށް ސީރިއަސް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
އިންޑިއާ
ހިޔާލު

ފަރިޔާލު

ތީ އިންދިޔާގެ އާންމު ހާލަތު...

ހުޔާ

ރާއްޖޭގެ ގޭގޭގަ ކައިވެނި ހަލާލުނުވާހާ ގާތް މީހުން ކުދިންނާ ބެހޭ. މިއީ އެންމެން ދަންނަ ނޫހެއްގަވެސް ޖަހަން ނުކެރޭ ބޮޑު ސިއްރު.