Director Vijaya maruvejje
image
ވިޖެޔާ---
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ޑައިރެކްޓަރު ވިޖެޔާ މަރުވެއްޖެ

ތެލުގޫގެ މަޝްހޫރު ޑައިރެކްޓަރު ވިޖެޔާ ބަޕިނީދު މަރުވެއްޖެއެވެ.
އުމުރުން 82 އަހަރުގެ ވިޖެޔާ މަރުވެފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި ހައިދަރުއާބާދުގައި ހުންނަ އެޕޯލޯ ހޮސްޕިޓަލުގައެވެ. ރިޕޯޓުތައް ބުނާގޮތުގައި އޭނާ މަރުވެފައިވަނީ ސިކުނޑީގެ ބައްޔެއްގެ ސަބަބުންނެވެ. އަދި އޭނާ މަރުވެފައިވާއިރު އެބަލީގެ ފަރުވާ ދޭތާ މިހާރު ހަތަރު އަހަރު ވެފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ވިޖެޔާގެ ޖަނާޒާ މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާއިރު ޖަނާޒާ ދެ ދުވަހަށް ފަސްކޮށްފައިވަނީ ވިޖެޔާގެ ދޮށީ އަންހެން ދަރި އެމެރިކާއިން އަންނަދެން ކަމަށް އާއިލާގެ ފަރާތުން ވަނީ ބުނެފައެވެ.



ވިޖެޔާ ފުރަތަމަ ފިލްމު ޑައިރެކްޓުކޮށްފައިވަނީ 1981 ގައެވެ. އެއީ "ޑައްބޫ ޑައްބޫ ޑައްބޫ" ކިޔާ ފިލްމެކެވެ. އޭނާ ވަނީ އޭގެ ފަހުން ގިނަ ފިލްމުތަކެއް ޑައިރެކްޓުކޮށްފައެވެ. އޭގެ ތެރޭގައި "މަގާ މަހާރާޖޫ" އާއި "ކިލާޅީ ނަންބަރް 786" އާއި "މަގަދީރުޑު" އަދި "ގޭންގް ލީޑާ" ހިމެނެއެވެ.

ވިޖެޔާ ވަނީ ފިލްމު ޕްރޮޑިއުސް ވެސް ކޮށްފައެވެ. އޭނާ ޕްރޮޑިއުސް ކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި "ޔަވަނަމް ކަޓެސިންޑި" އާއި "ބޮއްޑޫކާޓުކާ" އާއި "ޕްރެމާ ޕުޖާރީ" އާއި "ބޮމްމަރިއްލު" އަދި "ރާމްބާ އުރްވަސީ މަނަކާ" ހިމެނެއެވެ.
ހިޔާލު