Film Bharat hatharu bahuruvain nerenee
image
ބާރަތުގައި ކެޓްރީނާ އާއި ސަލްމާނުގެ ފުރަތަމަ ފެނިލުން---
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ފިލްމު "ބާރަތު" ހަތަރު ބަހުރުވައިން ނެރެނީ

އަލީ އައްބާސް ޒަފަރު ޑައިރެކްޓުކޮށް ނެރުމަށް ހަމަޖައްސާފައިވާ ފިލްމު "ބާރަތު" ހަތަރު ބަހުރުވައަކުން ނެރޭނެ ކަމަށް އިންޑިއާގެ ނޫސްހަކުން ބުނެފިއެވެ.
އިންޑިއާގެ މަޝްހޫރު ނޫހެއް ކަމަށްވާ "މުމްބާއީ މިރާ" ގައި ޝާއިރުކޮށްފައިވާ ރިޕޯޓެއްގައި ބުނާގޮތުގައި އެފިލްމު ހިންދީގެ އިތުރުން އިތުރު ތިން ބަހުރުވައިން ނެރޭނެއެވެ. އެގޮތުން އެތިން ބަހުރުވައަކީ ތެލުގޫ އާއި ތަމިލް އަދި މަލިޔާލަމް ކަމަށް އެ ރިޕޯޓުގައިވެއެވެ.

ސަލްމާނު ހާނާއި ކެޓްރީނާ ކައިފް ލީޑު ރޯލުން ފެނިގެންދާ އެފިލްމުގެ ޓީޒާ މިހާރު ނެރެފައިވާއިރު ގިނަ ބަޔަކު މިހާރު ތިބީ އެފިލްމު ނެރޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.

އެފިލްމުގައި ސަލްމާނާއި ކެޓްރީނަގެ އިތުރުން ދިޝާ ޕަޓާނީ އާއި ތަބައްސުމް ފާތިމާ ހާޝިމީ (ތައްބޫ) އާއި ސުނިލް ގޮރޯވާ އާއި ޓީވީ އެކްޓަރު އާސިފް އާއި ޖެކީ ޝްރޮފްގެ އިތުރުން ނޯރާ ފަތޭހީ ވެސް ފެނިގެންދާނެއެވެ.

"ބާރަތު" ނެރުމަށް ނިންމާފައިވަނީ މިއަހަރުގެ ޖޫން މަހު ފަސް ވަނަ ދުވަހުއެވެ. އެފިލްމަކީ 2014 ވަނަ އަހަރު ނެރެފައިވާ ދެކުނު ކޮރެއާގެ ފިލްމެއް ކަމަށްވާ "އޯޑް ޓު މައި ފާދާ' ގެ މައްޗަށް ހަދާ ފިލުމެކެވެ.
ހިޔާލު