Dil ge dhevana baeh 29 aharu fahun genesdheny
image
"ދިލް" ގެ ޕޯސްޓަރެއްގައި އާމިރު އާއި މަދޫރީ...
މުޙައްމަދު މުސްޠަފާ
0 ކޮމެންޓް
 

"ދިލް" ގެ ދެވަނަ ބައެއް 29 އަހަރު ފަހުން ގެނެސްދެނީ

ބެލުންތެރިންގެ މެދުގައި ބޮޑު ކާމިޔާބީ އެއް ހޯދި ކުރީގެ މަޝްހޫރު ފިލްމު "ދިލް" ގެ ދެވަނަ ބައެއް 29 އަހަރު ފަހުން ގެނެސްދޭން ނިންމައިފިއެވެ.
ނަވާރަ ސަތޭކަ ނުވަދިހަ ވަނަ އަހަރު ނެރުނު އެ ފިލްމުގެ ސީކުއެލް އެއް ގެނެސްދޭން އުޅޭ ކަމަށް ފިލްމުގެ ޑައިރެކްޓަރު އިންދްރާ ކުމާރު ވަނީ ކަށަވަރުކޮށްދީފައެވެ.

"ދިލް" ގެ ދެވަނަ ބައި ބެލުންތެރިންނާ ހަމަޔަށް އަންނާނީ "ދިލް އަގެއިން" ގެ ނަމުގައެވެ. ފިލްމާ ބެހޭ މާ ގިނަ ތަފްސީލްތަކެއް އަދި މީޑިއާ ތަކަށް އާންމުކޮށްފައެއް ނުވެއެވެ.

އިންޑިއާގެ ނޫސްތަކަށް އިންދްރާ ބުނެފަިއވަނީ، "ދިލް" ގެ ދެވަނަ ބައެއް ހަދަން ވިސްނާތާ ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށާއި މިހާރު އެ މަސައްކަތް ރަސްމީކޮށް ފަށާފައިވާ ކަމަށެވެ.

އިތުރަށް އެނާ ބުނެފައިވަނީ، މިހާތަނަށް އައިއިރު އެ މަަސައްކަތް ނުފެށި ލަސްވެފައި ވަނީ ރަނގަޅު ސްކްރިޕްޓް އެއް ނުލިބުމުގެ ސަބަބުން ކަމަށެވެ.

"ދިލް އަގެއިން" އަކީ ވެސް މިޒަމާނަށް ފެތޭ ލޯބީގެ ފިލްމަކަށް ވާނެ ކަމުގެ ޔަގީންކަށް އިންދްރާ ދެއެވެ.

"ދިލް" އިން ފެނިގެންދިޔައީ އާމިރު ހާނާއި މަދޫރީ ދިކްޝިޓްއެވެ. ނަމަވެސް "ދިލް އަގެއިން" ގައި ފެންނާނީ ކޮން ތަރިންނެއް ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

އިންދްރާގެ ކުރިއަށް އޮތް ފިލްމު "ޓޯޓަލް ދަމާލް" ގައި މަދޫރީ އާއި އަނިލް ކަޕޫރު ގެ ޖޯޑު ފެންނާނެ ކަމަށް ވެސް ވަނީ ހަބަރުތައް ފެތުރިފައެވެ.
ހިޔާލު