Majileehuge majority liben jeheyni raees ah : Ali Waheed
image
ޓޫރިޒަމް މިނިސްޓަރާއި ރައީސް ވާހަކަފުޅު ދައްކަވަނީ -- ރައީސް އޮފީސް
1 ކޮމެންޓް
 

މަޖިލީހުގެ މެޖޯރިޓީ ލިބެން ޖެހޭނީ ރައީސަށް: އަލީ ވަހީދު

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މެޖޯރިޓީ ލިބެންޖެހޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
މަޖިލިސް އިންތިހާބާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގައި މިވަގުތު އޮތީ ގައުމީ ސަރުކާރެއް ކަމުން މިފަސް އަހަރު ތެރޭގައި އެންމެން ވެސް މަސައްކަތް ކުރަންވާނީ ގައުމަށް ފައިދާ ކުރާނެހެން އެންމެން ގުޅިގެން ކަމަށެވެ.

އޭގެ އިތުރުން އެންމެން ގުޅިގެން މިފަސް އަހަރު ތެރޭގައި ހިޔާލު ތަފާތުވުން ހުއްޓަސް މަސައްކަތް ކުރަން ޖެހޭނެކަން ފާހަގަކުރައްވާ އަލީ ވަހީދު ވިދާޅުވީ ރައީސް ސޯލިހަށް މަޖިލީސް އިންތިހާބުގައި މެޖޯރިޓީން ދޭން ޖެހޭ ކަމަށާއި ރައީސް ސޯލިހުގެ ވެރިކަމުގެ މި ކުޑަ ދުވަސްކޮޅުގެ ތެރޭގައި ވެސް ވަކި ފިކުރަކަށް ބެލުމެއް ނެތި ގައުމުގެ މަސްލަހަތައްޓަކައި މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.

މަޖިލިސް އިންތިހާބުގެ މެޖޯރިޓީ ރައީސް ސޯލިހަށް ދިނުމަށް ތާއީދުކުރައްވާ އަލީ ވަހީދު ވާހަކަ ދެއްކެވިއިރު އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ އިންތިހާބުގައި ވަކި ޕާޓީއަކަށް މެޖޯރިޓީ ލިބުމަކީ ގަބޫލުކުރައްވާ އުސޫލެއް ނޫންކަމަށް ވިދާޅުވެފައެވެ. ހުރިހާ ދާއިރާއަކަށް އެމްޑީޕީން ވާދަކުރައްވާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށް ގާސިމް ވަނީ މަޖިލިސް އިންތިހާބަށް އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދަން ޖެހިދާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
ހިޔާލު

ޙަސަން އަލީ

މަޖިލީސް ލިބެންޖެހޭނީ ރައީސައްކަމައް ގަބޫލްކުރަން