BML ge furathama Business Center Addugai
image
އައްޑޫ ސިޓީ ހިތަދޫގައި ބީއެމްއެލް ބިޒްނަސް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ބީއެމްއެލް
0 ކޮމެންޓް
 

ބީއެމްއެލްގެ ފުރަތަމަ ބިޒްނަސް ސެންޓަރު އައްޑޫގައި

އައްޑޫ ސިޓީ ހިތަދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފުރަތަމަ ބިޒްނަސް ސެންޓަރު ހުޅުވައިފިއެވެ.
އެ ސެންޓަރަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބީއެމްއެލްއިން ގާއިމުކުރާ ބިޒްނަސް ސެންޓަރުތަކުގެ ތެރެއިން ފުރަތަމަ ސެންޓަރެވެ.

އެ ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލް ހިންގުމާއި ހަވާލު ހުންނެވި ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ، އައްޑޫއަކީ ރާއްޖޭގެ އިގްތިސާދަށް މުހިއްމު ދައުރެއް އަދާކުރާ ސިޓީއެއްކަމުން އެ ސިޓީގައި ހިންގާ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ބިޒްނަސް ސެންޓަރެއް ގާއިމުކޮށްދެވުމަކީ އުފަލެއް ކަމަށެވެ.

އައްޑޫ ބިޒްނަސް ސެންޓަރުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ރިލޭޝަންޝިޕް މެނޭޖަރުން ތިބޭނެއެވެ. އަދި ވިޔަފާރިތަކަށް ދޫކުރާ ލޯނާއި ގުޅޭ މައުލޫމާތު ދިނުމާއި ލޯނަށް އެދި ހުށަހެޅުމަށް ވެސް ސެންޓަރުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

ކުރިއަށް އޮތް ތަނުގައި މާލެ އާއި ހުޅުމާލެ އަދި ކުޅުދުއްފުށީގައި ވެސް ބީއެމްއެލުން ބިޒްނަސް ސެންޓަރު ގާއިމުކުރުމަކީ އަމާޒެއް ކަމަށް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލް ވިޔަފާރި
ހިޔާލު