Gohraalhu ge Raalheh hen ge video bindhaalaifi
image
"ރާޅެއް ހެން" ގެ މަންޒަރެއް---
0 ކޮމެންޓް
 

ގޮށްރާޅުގެ "ރާޅެއް ހެން"ގެ ވީޑިއޯ ބިންދާލައިފި

ޑާކްރެއިން އެންޓަޓެއިންމެންޓުން ތައްޔާރުކުރި ކްރައިމް ތްރިލާ ފިލްމު 'ގޮށްރާޅު' ގެ ލަވަ "ރާޅެއް ހެން"ގެ ވީޑިއޯ ބިންދާލައިފިއެވެ.
ޔޫޓިއުބަށާއި ފޭސްބުކަށް އިއްޔެ އެލަވަ އަޕްލޯޑުކޮށްފައިވާއިރު އެލަވައިގައި ފިލްމުގައި ލީޑު ރޯލުން ފެނިގެންދާ ޖުމައްޔިލް ނިމާލް އާއި އައިޝަތު ތަސްލީމާ އަދި ސަޕޯޓިން ރޯލުން ފެނިގެންދާ އައިމިނަތު ރަޝްފާ ފެނިގެންދެއެވެ.

ރީތި ހިތްގައިމު މަންޒަރުތައް އެލަވައިން ފެނިގެންދާއިރު އެލަވަ ކިޔާފައިވަނީ އިސްމާއިލް އަފްފާނެވެ. ގިނަ ބަޔަކަށް އެލަވަ ކަމުގޮސްފައިވާއިރު މިއީ އެފިލްމުގެ ފުރަތަމަ ލަވަ ވެސް މެއެވެ.

ބޮޑު ތަރުހީބެއް ގޮއްރާޅަށް ލިބެމުން އަންނަ އިރު އެފިލްމަކީ ވަރަށް ތަފާތު އަދި ރީތި ފިލްމެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

މާ ދިގު ނޫން އެ ފިލްމު ގައި ގިނައިން ފެނުނީ އާ ތަރިންނެވެ. އޭގެ ތެރޭގައި އައިޝަތު ތަސްލީމާ، އައިމިނަތު ރަޝްފާ، އަބްދުﷲ އަޒާން، ހަސަން އިރުފާން (ޒަކިއްޓެ)، ޖުމައްޔިލް ނިމާލް، އަދި ނުޒުހަތު ޝުއައިބް (ނުޒޫ) ފަދަ ތަރިންގެ އެކްޓިން 'ގޮށްރާޅު' އިން ފެނިގެންދިޔަ އިރު ބެލުންތެރިން ބުނަނީ ހުރިހާ ތަރިންގެ އެކްޓިން ވެސް ވަރަށް ކުޅަދާނަ ކަމަށެވެ.

މޫމިން ފުއާދުގެ ސްކްރީންޕްލޭ އަކަށް ތައްޔާރުކޮށްފައިވާ އެ ފިލްމުން މުޅިންވެސް ދައްކަނީ މާލޭގެ މަންޒަރުތަކެވެ. އެ ފިލްމަކީ މުޖުތަމައުތެރޭގައި އާންމުވެފައިވާ ބޮޑު މައްސަލައެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.
ހިޔާލު