5 Aharuge Farheen ehee akah edhi aadheys kuranee
image
މަރްޔަމް ފަރްހީން--
4 ކޮމެންޓް
 

ފަސް އަހަރުގެ ފަރްހީން، އެހީއަކަށް އެދި އާދޭސް ކުރަނީ

އެއްވެސް މަޔަކީ އެމީހެއްގެ ދަރިއަކު ވޭނުގައި އުޅޭތަން ދެކެން ބޭނުންވާނެ މީހެއް ނޫނެވެ. ކިތަންމެ ބޮޑު ތަކުލީފެއް އުފުލައިގެންވެސް އެކުދިންގެ މޫނު މައްޗަށް އަނބުރާ ހިނިތުންވުން ގެނައުމަށް ކޮންމެ ފަދަ ގުރުބާނީއަކާއި ކުރިމަތިލާން ވެސް ފަހަކަށް ނުޖެހޭނެއެވެ. އައިމިނަތު ނަސްވާއަކީ ވެސް އެފަދަ މައެކެވެ. އޭނާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު މަރްޔަމް ފަރުހީނަށް އުފާވެރި ދުވަސްތަކެއް ހޯދައިދިނުމަށް ބޮޑު ގޮންޖެހުމަކާއި ކުރިމަތިވެފައިވާ މައެކެވެ.
ލ. ފޮނަދޫއަށް އުމުރުން ފަސް އަހަރުގެ ފަރުހީނަކީ އުފަންވީއްސުރެ ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތިވަމުން އަންނަ ކުއްޖެކެވެ. ޔޫކޭޖީގައި މިހާރު ކިޔަވަމުން އަންނަ ފަރުހީނުގެ މަންމަ "ސީއެންއެމް" އަށް ވާހަކަ ދައްކަވަމުން ބުނީ، އޭނާގެ ދަރިފުޅަށް އެންމެ ކުޑައިރުއްސުރެ ސިއްހީ އެކި އެކި މައްސަލަތައް ކުރިމަތިވަމުންދާތީ ފުރަތަމަ ފަރުވާ ހޯދީ ގަމު ރީޖަނަލް ހޮސްޕިޓަލުން ކަމަށެވެ. އަދި ދަރިފުޅަށް އަށް މަހުގައި މާލެ ދިއުމަށް ޑޮކްޓަރުން ލަފާދިން ކަމަށާއި އޭރު ވަގުތުން ފުރައިގެން މާލެ އައި ކަމަށެވެ.

ނަސްވާ ބުނީ، އެތައް ފަހަރަކު މާލެއަށް ދައްކައިގެން ވެސް އެކަމަށް ހައްލެއް ލިބިފައި ނުވާތީ މިހާތަނަށް ތިން ފަހަރެއްގެ މަތިން އިންޑިއާއަށް ދިޔަ ކަމަށެވެ. އެކަމަކު އިންޑިއާއަށް ތިން ފަހަރުވެސް ގޮސްފައި ވަނީ ފިރިމީހާ ލޯނު ނަގައިގެން ކަމަށް ނަސްވާ ބުންޏެވެ. އެގޮތުން ފަރްހީނަށް ފަރުވާ ހޯދާފައި ވަނީ އިންޑިއާގެ ކިމްސް ހޮސްޕިޓަލުންނެވެ.

"ތިން ފަހަރެއްގެ މަތިން ބޭރަށް ދިޔައިރު މިދިޔަ އަހަރުގެ ޖޫން ހިސާބު މިއެނގުނީ އަޅުގަނޑުގެ ދަރިފުޅަށްވެފަ ހުރިގޮތެއް. އަޅުގަނޑުގެ ދަރިފުޅު ފަސް އަހަރު ފުޅި ހަ އަހަރަށް މިހާރު އަޅާފައި ހުރިއިރު ދަރިފުޅު ހުންނަނީ ދެ އަހަރުގެ ކުއްޖެއްހެން. ދެން އެމީހުން [ޑޮކްޓަރުން] ބުނަނީ ކަށީގެ ސައްބިސް ބައެއް މަދުވީމަ ގްރޯތް ހޯމޯންސް ބައި މަދުވެފައޭ ހުންނަނީ." ދަރިފުޅުގެ ބަލިހާލަތާއި ގުޅިގެން ނަސްވާ ބުންޏެވެ.

ނަސްވާ ބުނީ، އެކަމަށް ފަރުވާ ހޯދުމުގެ ގޮތުން އިންޖެކްޝެއް ޖަހަން ޑޮކްޓަރުން ލަފާދޭ ކަމަށާއި އެކަމަށްޓަކައި ދަރިފުޅުގެ އުމުރުން 12 އަހަރު ވަންދެން ކޮންމެ އަހަރަކު ދެ ފަހަރު އިންޑިއާ އަށް ދާން ޖެހޭ ކަމަށެވެ.

"އިންޑިއާއަށް ދާން އަޅުގަނޑުމެންނަށް ކޮންމެ ޑޮކްޓަރަކު ވެސް އާސަންދަ ލިޔުމާއި ފޯމުތަކާއި އެބަދޭ، ޓްރީ ޓޮޕުން ވެސް ބުނަނީ އެކަމުގެ ސްޕެޝަލިސްޓުން ރާއްޖެއަކު ނެތް ކަމަށް. އެ ޓްރީޓްމަންޓް ނެގެން ނެތް ކަމަށް. މިދިޔަ ނޮވެމްބަރުގަ އަޅުގަނޑުމެން ނަގަން ޖެހޭ ފަރުވާ އަޅުގަނޑުމެން މިތިބީ ނުގެނިފަ، އަޅުގަނޑުމެންގެ ހާލަތު ތަނެއް ނުދޭ އެހާ ބޮޑު ފަރުވާއެއް އަމިއްލަ ހަރަދަކުން ކުރާކަށް."

ނަސްވާ ބުނީ، ހެދި ބޮޑުވުމަށް ދިމާވާ މައްސަކަތަކުގެ ސަބަބުން ހުން އައުމާއި ހިނގާބިނގާބެ އުޅުމުން ފައިކޮޅު ވަރުބަލިވެ، ބަނޑަށް ތަދުވުން ފަދަ މައްސަލަތައް ކުރިމަތިވާތީ ދަރިފުޅު އުޅޭކަމަށެވެ.

"މިއޮތް ހުރިހާ ދުވަހު އަޅުގަނޑުމެން މަސައްކަތް ކުރީ އެކުއްޖާއަށްޓަކައި ތިން ލޯނު ނަގައިގެން، ލޯނަށް ކަނޑާފަ އަޅުގަނޑު ފިރިމީހާ އަތުގަ އިތުރުވާނެ އެއްޗެއް ނޯވެ. މިކޮޅުގަ ގާޑިޔާ ވިޔަފާރިވެސް ކުރަމުން މިދަނީ އިތުރު އެއްޗެއް ލިބޭތޯ. އެކަމަކު ތިން މަހުން ތިންމަހުން ވެސް އެބަޖެހޭ މާލެ ދަތުރުކުރަން ވެސް. މާލެ ގޮސްފަވެސް ޖެހޭ 14 ވަރަކަށް ދުވަހު މަޑުކުރަން." ނަސްވާ ކިޔައިދިނެވެ.

ރާއްޖެއިން ހެދުނީ އެމްއާރުއައި އެކަނި ކަމަށާއި އިތުރު ޓެސްޓުތައް ހަދަން ޖެހެނީ ލޭ ބޭރަށް ފޮނުވައިގެން ކަމަށް ނަސްވާ ބުނެއެވެ. އެކަމަކު ލޭ ބޭރަށް ފޮނުވައިގެން ޓެސްޓުތައް ހެދި ނަމަވެސް މާލީ ހާލަތު ތަން ނުދިނުމުގެ ސަބަބުން ދަރިފުޅަށް ދޭން ޖެހޭ ފަރުވާ އަދިވެސް ނުދެވޭކަމަށް ނަސްވާ ބުންޏެވެ.

"ކުއްޖާ އެއްދުވަހުން އަނެއް ދުވަހަށް މިދަނީ ނިކަމެތިވަމުން، ނުއެއް ކެވޭ. އެއް ދުވަހު ގްރުއާން ކުލާހަށް ދެވިއްޖެއްޔާ އަނެއް ދުވަހަކު ނުދެވޭނެ."

މިއަހަރު ވެސް އާސަންދަ ހޯދުމަށް ދެ ފަހަރު ހުށަހަޅާފައިވާކަން ފާހަގަކޮށް ނަސްވާ ބުނީ، ބޭރަށް ދިއުމަށް ދަރިފުޅަށް އާސަންދަ ލިބިފައި ނުވާތީ ޖެންޑާ މިނިސްޓްރީއަށް އެކަމާއި ގުޅިގެން ލިޔުމެއް ހުށަހަޅައިދޭނެ ކަމަށް ޑޮކްޓަރުން ބުނާ ކަމަށެވެ.

"އާސަންދަ އޮފީހުން ބުނަނީ އެންސްޕާ މެދުވެރިކޮށް އިންޖެކްޝަން ގެނެސްގެން ޖަހާށޭ. އެހެން ބުނާތީވެ ޓްރީ ޓޮޕް ހޮސްޕިޓަލުގަ ވެސް އަޅުގަނޑު އެވާހަކަ ދެންނެވިން. ދެންނެވީމަ ޑޮކްޓަރުން ބުނަނީ ސްޕެޝަލިސްޓެއް ނެތް ތަނެއްގައި އެވަރުގެ ކުއްޖަކަށް އެވަރުގެ ފަރުވާއެއް ކުރާކަށް ތިމަންނަމެނަކަށް ނުކެރޭނޭ،."

ނަސްވާ އިތުރަށް ބުނީ، ދަރިފުޅުގެ އުމްރާ އަޅާބަލާއިރު އެކުއްޖާގެ ބަރުދަނުގައި ހުންނަނީ އެންމެ ނުވަ ކިލޯ ކަމަށެވެ. އާސަންދައިގެ ދަށުން ފަރްހީނަށް ބޭރުން ފަރުވާ ހޯދިފައި ވަނީ އެންމެ ފަހަރެކެވެ.

ފަރުހީނަކީ އޭނާގެ މަންމައާ ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅެވެ. އެކަމަކު އޭނާއާ އެއްބަފައި ހަތަރު ކުދިންނާއި އެއްބަނޑު ދެ ކުދިން ތިބެއެވެ. އަދި އެ ހަތް ކުދިން ބެލުމުގެ ޒިންމާ އަދާކުރަމުން އަންނަނީ ވެސް ނަސްވާއެވެ.

ފަރުހީންގެ މޫނު މައްޗަށް ހިނިތުންވުމެއް ގެނައުމަށް އެ އާއިލާއިން މިވަނީ މިއަދު ތި އެންމެ ބޭފުޅުންގެ ދީލަތި އެހީތެރިކަމަށް ވަރަށް ބޮޑަށް ބޭނުންވެފައެވެ.

އާއިލާއަށް މާލީ އެހީތެރިކަމެއް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް:
ބީއެމްއެލް އެކައުންޓު ނަންބަރު: 7730000190827
ފޯނު: 9968215 - އައިމިނަތު ނަސްވާ (މަންމަ) - 9910819 - މުހައްމަދު ރަޝީދު (ބައްޕަ)

ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދެވޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާ އާއި ގުޅުއްވައިގެން އެހީގެ ކަންކަން ކުރިއަށް ގެންދެވުން އެދެމެވެ.
ސީއެންއެމް އެހީ
ހިޔާލު

ހުސައިން

އެކައުންޓް ނަމާއި މަންމަގެ ނަމާދިމައެއް ނުވޭ.

ދިވެއްސެއް

މިދިޔަ އަހަރު ނަސްވާގެ ބައްޕަ ޢަބްދުލް މަޖީދު އަށް އެހީ ހޯދަމުން ދިޔަ. ނަސްވާގެ ބައްޕަ ނިޔާވިތާ އެއްހަފްތާ ފަހުން ފަރުހީން އަށް އެހީ ހޯދަން ޕޯސްޓް ކުރަންފެށި. މިކަން ވަރަށް ބޮޑަށް ބަލަންޖެހޭ. މިފަދަ މީހުންނާ ހެދި އެހީ އެންމެ ބޮޑަށް ބޭނުންވާ މީހުންނަށް އެހީ ދިނުމަށް މީހުން ފަސްޖެހޭ. ނަސްވާ އަށް ހެޔޮ ވިސްނުން ދެއްވާށި. އާމީން

ޢާސިޔާ

ތިއިންޖެކްޝަން ޖެހުމަށް ރާއްޖެއިން ބޭރަށް ދާކަށް ނުޖެހޭނެއެވެ. ތިއިންޖެކްޝަނަކީ ހަކުރު ބަލީގެ މީހުން ޖަހާ އިންސިއުލިން އިންޖެކްޝަން ފަދައިން ޕެން އެެއްގައި ހުންނަ އިންޖެކްޝަނެކެވެ. ޑޮކްޓަރު ލަފާ ދީފައިވާ އަދަދަށް އެެއިން ޖެހީމައި ނިމުނީއެވެ. ކުއްޖާ ވަކި ވަރަކަށް ބޮޑުވުމުން އަމިއްލައަށް ވެސް ޖެހިދާނެއެވެ . ޢެންސްޕާއިން އިންޖެކްޝަން ގެނެސް ދެންޏާ ތީގައި ހާސްވާންވީ ކަމެއް ނެތެވެ. ޢުފެދުމުގައި ހަށިގަނޑުގައި ގްރޯތު ހޯމޯން އުފައްދާ ވަރު މަދު ވީމައި، ތި ބަލީގެ ފަރުވާ އަކީ ގްރޯތް ހޯމޯން އިންޖެކްޝަން ޖެހުމެވެ. މިއީ ހަކުރު ބަލީގެ ކުދިންގެ ގައިގައި އިންސިއުލިން އުފައްދާ ވަރު މަދުވުން ފަދަ ބައްޔެކެވެ.

ހާޖަރު

މިއީ ދޮގުހަދާ އޮޅުވާލައިގެން ފައިސާ ހޯދަމުންދާ ބައެއް