ހަބަރު
ފޭޑި
ރިޕޯޓް
ހިޔާލު
ވިޔަފާރި
ދުނިޔެ
ކުޅިވަރު
މުނިފޫހިފިލުވުން
ހަބަރު
/
ސިޔާސީ
14 ފެބްރުއަރީ 2019
0 ކޮމެންޓް
Tweet
ރައީސް ސޯލިހްގެ އިގްތިސާދީ އެޖެންޑާއަށް ސައޫދީ ފަނޑުން އެއްބާރުލުން ދެނީ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިގްތިސާދީ އެޖެންޑާއަށް ސައުދީ ފަންޑުން އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދީފިއެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސައުދީއަށް ކުރައްވާ ަދޔުރުފުޅުގައި ސައުދީ ފަނޑުގެ ޗެއާމަން އަހްމަދު ބިން އަގީލް އަލް ހަތީބްއާއި އެ ފަންޑުގެ އިސްބޭފުޅުންނާއި އިއްޔެ ވަނީ ބައްދަލު ކުރައްވާފައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު، ދިވެހި ސަރުކާރުން ހިންގަމުންގެންދާ އަދި ހިންގުމަށް މަޝްވަރާކުރެވެމުންދާ ތަރައްގީގެ މުހިންމު މަޝްރޫއުތަކުގެ މައުލޫމާތު ޗެއާމަން އަލް ޚަތީބް އާއި ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމެންޓްގެ އިސް ބޭފުޅުންނާ ޙިއްސާ ކުރެއްވިއެވެ. ޗެއަރމަން އަލް ހަތީބް ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހްގެ އިގްތިސާދީ އެޖެންޑާއަށް ސައޫދީ ފަންޑުން ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ވަނީ އަރުވާފައިވެއެވެ.
ފޮރިން މިނިސްޓަރު ޝާހިދު ސައުދީއަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅު ނިންމާލެއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކެޓްރީ އާމިނަތު ޝައުނާއާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކެޓްރީ އަހުމަދު ޝިއާންގެ އިތުރުން ޚާރިޖީ ވުޒާރާއާއި ސައޫދީ އަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ގުޅުންހުރި
ރާއްޖެ
ސައުދީ އަރަބިއްޔާ
ހިޔާލު
ނަން:
ފުރުއްވާފަ ފޮނުއްވާ!
ހިޔާލު:
ކޮމެންޓް ލިޔުއްވާ!
އެންމެފަސް
ހައްގުތައް ފުރިހަމައަށް ލިބޭނީ ސުވާލުކުރާ ރައްޔިތެއް އުފެދިގެން: ފިޔާޒު
4 މިނެޓު ކުރިން
މޫސުން ގޯސްވާނެ ކަމަށް ލަފާކުރާތީ މަސްވެރިންގެ ދުވަހުގެ ޖަލްސާ ދަރުބާރުގެއަށް!
32 މިނެޓު ކުރިން
މަތީ ތައުލީމަށް ދޫކުރި ލޯނުތަކުގެ ތެރެއިން 114 މިލިއަން ރުފިޔާ ނުލިބޭ
52 މިނެޓު ކުރިން
މަސްވެރިންނަށްވީ ވައުދުތައް ހާސިލުވީ ކިހާ ވަރަކަށް؟
1 ގަޑިއިރު ކުރިން
ހައްޖު ކޯޕަރޭޝަން: ހައްޖާއި އުމްރާގެ ހިދުމަތް ހޯދަން އެންމެ އިތުބާރުހުރި ފަރާތް
1 ގަޑިއިރު ކުރިން