MMPRC ge hiyaanai: Villa Travels ah 700,000 dollar dheefaivey: Thahuqeeq report
image
ވިލާ ގްރޫޕްގެ ބައެއް ކުންފުނިތައް ހުންނަ ވިލާ ބިލްޑިން--ފޮޓޯ: ވީނިއުސް
1 ކޮމެންޓް
 

އެމްއެމްޕީއާރުސީގެ ހިޔާނާތް: ވިލާ ޓްރަވެލްސަށް 700،000 ޑޮލަރު ދީފައިވޭ: ތަހުގީގު ރިޕޯޓް

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 700،000 ޑޮލަރު (10،794،000 ރުފިޔާ) ވިލާ ޓްރަވެލްސް އެންޑް ޓްއާސް ކުންފުންޏަށް ދޫކޮށްފައިވާކަން ތަހުގީގު ރިޕޯޓުން ހާމަ ވެއްޖެ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުން މިއަދު އާއްމު ކުރި ތަހުގީގު ރިޕޯޓުގައިވާ ގޮތުން ވިލާ ޓްރަވެލްސަށް 700،000 ޑޮލަރު އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން އެސްއޯއެފުން ދީފައިވެ އެވެ.

އެސްއޯއެފުން ވިލާ ޓްރަވެލްސަށް ދީފައިވާ 700،000 ޑޮލަރަކީ ކޮންކަމަކާއި ގުޅިގެން ދީފައިވާ ފައިސާއެއް ކަމެއް އަދި މިހާތަނަށް އޮޅުން ފިލާފައެއް ނުވެއެވެ.

ވިލާ ޓްރަވެލްސަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މަސްލަހަތު އޮންނަ ކުންފުންޏެކެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގު ރިޕޯޓު ބުނާގޮތުން، އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިޔާނާތުގެ ގޮތުގައި އެސްއޯއެފަށް ދީފައިވާ ފައިސާ ތެރެއިން 54،505،000 ޑޮލަރު (840،467،100 ރުފިޔާ) އެސްއޯއެފް ނަމުގައި ބޭންކު އޮފް މޯލްޑިވްސްގެ ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވެއެވެ. އަދި އެސްއޯއެފުގެ އެ އެކައުންޓުން އެކިއެކި މީސްމީހުންނަށާއި ބައެއް ކުންފުނިތަކުގެ އެކައުންޓްތަކަށް ފައިސާ ފޮނުވާފައިވާކަން ތަހުގީގު ރިޕޯޓުން ހާމަވެއެވެ.

މީގެ އިތުރުން ފަޅުރަށްތަކާއި ފަޅުތައް ވިއްކައިން އެމްއެމްޕީއާރުސީއަށް އެކިއެކި ފަރާތްތަކުން ދޫކޮށްފައި ފައިސާގެ ޗެކްތައް ސީދާ އެމްއެމްޕީއާސީގެ އެކައުންޓަށް ޖަމާކުރުމުގެ ބަދަލުގައި އެމްއެމްޕީއާސީގެ ހުއްދައާއެކު އެހެން ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާކަން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

އޮޑިޓް އޮފީހުން އޮޑިޓްކޮށް، އާއްމުކޮށްފައިވާ އެމްއެމްޕީއާރުސީގެ ހާއްސަ އޮޑިޓް ރިޕޯޓްގައި ބުނެފައިވާގޮތުން، ފަޅު ރަށްތަކާއި ފަޅުތައް ވިއްކައިގެން އެމްއެމްޕީއާރުސީއަށް ލިބިފައިވާ 1.22 ބިލިއަން ރުފިޔާއަށް ހިޔާނާތްތެރިވެފައިވާ ކަމަށެވެ.

ނަމަވެސް ރާއްޖޭގެ އިގްތިޞާދު ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުން އެމްއެމްޕީއާރުސީގެ ހިޔާނާތް ތިނެއް ނުވަތަ ހަތަރު ބިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ. އެމްއެމްޕީއާރުސީން ގިނަ ފަޅު ރައްތަކާއި ފަޅުތައް ވިއްކާފައިވަނީ ބިޑު ކުރުމެއް ނެތި ނުއަގުގަ އެވެ.
ހިޔާލު

ކަށި

ހުންނާނެ ތޮރުފިފަ.