Raees Yameen ge account freeze kuri massalaige aduehunthah ninmaalaifi
image
ކުރީގެ ރައީސް ޔާމީން--
1 ކޮމެންޓް
 

ރައީސް ޔާމީންގެ އެކައުންޓް ފްރީޒްކުރި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބޭންކް އެކައުންޓް ފްރީޒްކުރި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ.
ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމަކީ މިމައްސަލާގައި ބޭއްވި ފުރަތަމަ އަޑު އެހުމެވެ. އަދި މިއަދުގެ އަޑުއެހުމަށްފަހު، އިތުރުކަމެއް ޝަރީއަތުން ސާފުކުރަން ނުޖެހޭނަމަ، ދެން އޮންނާނީ އެ މައްސަލާގައި ހުކުމް އިއްވުމަށް ބޭއްވޭ ޝަރީއަތެވެ.

މިއަދުގެ ޝަރީއަތުގެ އަޑުއެހުން ބާއްވާފައިވަނީ ސިއްރުކޮށްގެން ނެވެ. އެނގިފައިވާ ގޮތުގައި މިއަދުގެ ޝަރީއަތުގެ އަޑުއެހުމަށް ރައީސް ޔާމީން ވެސް ވަޑައިގެންނެވި އެވެ.

ރައީސް ޔާމީންގެ ބޭންކް އެކައުންޓް މިދިޔަ ޑިސެމްބަރު މަހު ކޯޓު އަމުރެއްގެ ދަށުން ފްރީޒްކުރީ ފުލުހުން އެދިގެންނެވެ. މިދިއަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ އިސް ގާނޫނީ ވަކީލު އާއިޝަތު އާޒިމާ ޝަކޫރު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީންގެ ބޭންކު އެކައުންޓް ފްރީޒްކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާ ކަމަށާއި، އެ އެކައުންޓްތައް ފްރީޒް ކޮށްފައިވަނީ ސިޔާސީ މަންފާއެއް ހޯދުމަށް ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ފުލުހުން ކުރާ މަނީ ލޯންޑްރިންގެ ތުހުމަތާ ގުޅިގެން އެމަނިކުފާނު ފުލުސް އޮފީހަށް ހާޒިރު ކުރައްވައި ތަހުގީގު ކުރައްވާފައި ވެއެވެ.

ރައީސް ޔާމީންގެ އެކައުންޓް ފްރީޒް ކުރި މައްސަލަ ހައި ކޯޓުގައި ހިނގަމުންދާއިރު، އިއްޔެ ވަނީ އެމަނިކުފާނުގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅާފަ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ފްރީޒްކުރި ރައީސް ޔާމީންގެ އެކައުންޓްގައި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުއްޓެވެ.

ފުލުހުން ބުނެފައިވަނީ އެ އިދާރާ އިން ތަހުގީގު ކުރަމުން އަންނަނީ ރައީސް ޔާމީން ވެރިކަމުގައި ހުންނެވި އިރު ގާނޫނާ ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގެވި ކަމަށް ތުހުމަތު ކުރެވިގެން ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.

އެގޮތުން ދައުލަތުގެ އިދާރާތަކުން ފުލުހުންނަށް ހުށަހަޅާފައިވާ ޝައްކު ކުރެވޭ މާލީ މުއާމަލާތުތަކުގެ ރިޕޯޓަކާއި، މައްސަލަތައް ބެލުމަށް ސާފުކުރެވުނު މައުލުމާތު ތަކުން، ރައީސް ޔާމީނުގެ ނަމުގައި ރާއްޖޭގެ ބޭންކުތަކުގައި ހުޅުވާފައިވާ އެކައުންޓް ތަކުގެ ތެރެއިން މިހާތަނަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ އެކައުންޓްތަކަށް އެ މަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި އެކި ފަހަރު މަތިން، ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކޮށް، އޭގެ މުއާމަލާތް ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ހިޔާލު

މަސްދޮނާ

ރައީސް ޔާމީނަށް ލާހިކެއް ނޫން ހުކުމެއް އަންނާކަށް ތި މމޕރސ ގެ ހުރިހާ ވަގުންނައް ހުކުމް ނައިސް. އަހަރުމެން އެންމެން ނިކުންނާނަން އާ ދޮގޭ!