Mahloof aai Akram geygai madukurumah anafi
image
މަހުލޫފް (ވ) އަދި އަކްރަމް: އެ ކޮންމެ ބޭފުޅެއްގެ އެކައުންޓަށް ކޮރަޕްޝަން ފައިސާގެ ތެރެއިން 30،000 ޑޮލަރު ވަދެފައިވޭ.-- ފައިލް ފޮޓޯ
4 ކޮމެންޓް
 

މަހްލޫފާއި އަކްރަމަށް ގޭގައި މަޑުކުރަން އަންގައިފި

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފް ކުންފުނީގެ އެކައުންޓުން ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާއި، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ އެކައުންޓަށް ފައިސާ ވަދެފައިވާކަން ހާމަވުމުން އެބޭފުޅުން ގޭގައި މަޑުކުރެއްވުމަށް ރައީސް ސޯލިހު މިއަދި އަންގަވައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުން އެމްއެމްޕީއާރުސީގެ ތަހުގީގު ރިޕޯޓް މިއަދު އާންމު ކޮށްފައިވާއިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މަތީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން އެ ތަހުގީގު ރިޕޯޓްގައި ހިމެނެނީ ވެސް މިނިސްޓަރު މަހްލޫފް ނަންފުޅާއި ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ނަންފުޅު އެކަންޏެވެ.

ގޭގައި މަޑުކުރަން އެންގި މައްސަލައާ ގުޅިގެން މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާކޮށްފައިވާ 33،000 ޑޮލަރުގެ މައްސަލަބަލައި ވަކިގޮތެއް ނިމެންދެން ގޭގައި މަޑު ކުރަން އަންގާފައިވާ ކަމަށެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އެ ނިންމެވުމަށް އިހުތިރާމް ކުރައްވާ ކަމަށް މަހްލޫފް ވިދާޅުވި އެވެ.


އެނގިފައިވާ ގޮތުގައި ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވެސް ގޭގައި މަޑުކުރަން ރައީސް އޮފީހުން ވަނީ އަންގާފަ އެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން އަކްރަމްގެ ބަހެއް އަދި ނުލިބެ އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން އަކްރަމްގެ އެކައުންޓަށް 30،000 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ތަހުގީގު ރިޕޯޓުން ދައްކަ އެވެ.

އޭސީސީން މިއަދު އެމްއެމްޕީއާރުސީގެ 1.4 ބިލިޔަން ރުފިޔާގެ ކޮރަޕްޝަނާއި ހިޔާނާތުގެ، 776 ސޮފުހާގެ ތަފްސީލް ރިޕޯޓެއް އާންމު ކޮށްފައިވާއިރު، އެރިޕޯޓްގައި އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ހިޔާނާތާއި ގުޅޭ ގިނަ ކަންތައްތަކެއް ހިމަނާފައި ވެއެވެ.
ހިޔާލު

އޮޅޮ އޮޅޮ

މަހުލޫފޫ މަ ވަރަށް ލަދުގަންނަވާ ތިލެއްވީ......

ބީވާ

އަކްރަމް އަކީ އެއް އިރެއްގަައިވެސް ނަޒާހާތްތެރި މީހެއް ނޫން.

އަލީރާޖާ

ގަބޫލުކުރިޔަސް ނުކުރިޔަސް، އެސްއޯއެފްގެ އެކައުންޓު ސްޓޭޓްމަންޓަކުން އަސްލު ވަގުންނެއް ނޭގޭނެ. އޭގައި ފެންނަން އެއޮތް މީހުންގެ ތެރެއިން އަކީ ޑޮލަރުގަތް މީހުން. ވަގު ފައިސާ ބެހީ ސީދާ ކޭޝް އިން. އެއީ ފަޅާއެރިޔަ ނުދޭން އަދީބު އެކަން ކުރި ގޮތް. އެކަން ހޯދުމަކީ ވަރަށް އުދަގޫ ކަމަކަށް ވާނެ.

ގޭންގު ނޫން ގޮލާ

އަލްހަމްދުﷲ... ތިހެން ވަންޏާ އިބޫ ޕާޓީއަށް މަގޭ ބާރު ހިނގާ މީހުންގެ ވޯޓް ލިބޭނެ... މަހޭ ރިޝްވަތު ފައިސާގައި ހިފީ މެލޭޝިޔާގެ ޔޫތު މިނިސްޓަރު ވެސް އެކަހަލަ ފައިސާގައި ހިފާފައި ވާތީބާއެވެ؟ މޭ ފުއްޕާފަ އުޅުނުއިރު މެލޭޝިޔާ މިނިސްޓަރަކާ މީނަގެ އަމަލު ވައްތަރުވެގެން ފިސާރި ގޯރިއެއްހުރި...