SOF aai muaamalaaikuree Dollar gathumah: Villa Travels
image
ވިލާ ޓްރެވަލްސް: އެ ކުންފުންޏަސް އެސްއޯއެފުން 700،000 ޑޮލަރު ދިން.-- ފޮޓޯ: މިހާރު/ނިޝާން އަލީ
4 ކޮމެންޓް
 

އެސްއޯއެފާ މުއާމަލާތްކުރީ ޑޮލަރު ގަތުމަށް: ވިލާ ޓްރެވަލްސް

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ކޮރަޕްޝަން ކަމަށްވާ އެމްއެމްޕީއަރުސީ ކޮރަޕްޝަނުގެ މުގުލުގައި އޮތް އެސްއޯއެފް ކުންފުންޏާ އެކު މުއާމަލާތްކުރީ ޑޮލަރު ގަތުމަށް ކަމަށް ވިލާ ޓްރެވަލްސް އިން ބުނެފި އެވެ.
އެމްއެމްޕީއާރުސީގެ 1.4 ބިލިޔަން ރުފިޔާގެ ކޮރަޕްޝަނުގެ، 776 ސޮފުހާގެ ތަފްސީލް ރިޕޯޓް އޭސީސީން މިއަދު އާންމު ކުރި އިރު އެ ރިޕޯޓުގައި ވާގޮތުން، ހިޔާނާތުގެ ފައިސާގެ ތެރެއިން 700،000 ޑޮލަރު (10،794،000 ރުފިޔާ) ވިލާ ޓްރަވެލްސް އެންޑް ޓްއާސް އަށް އެސްއޯއެފުން ދީފައި ވެއެވެ.

އެކަމާ ގުޅޭގޮތުން ވިލާ ޓްރެވަލްސް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުންޏަކީ ފުޅާދާއިރާއެއްގައި ރާއްޖޭން ބޭރުގެ އެއާލައިން ތަކުގެ ޓިކެޓް ވިއްކާ ކުންފުންޏަކަށް ވާއިރު، އެ ކުންފުނިން ރުފިޔާ އަށް ޓިކެޓް ވިއްކި ނަމަވެސް އެއާލައިނަށް ފައިސާ ދައްކަނީ ޑޮލަރުން ކަމަށެވެ. އެހެންކަމުން އެހެން ކުންފުނިތަކާއި އެއްގޮތަށް އެ ކުންފުންޏަށް ވެސް ޑޮލަރު ލިބުމުގެ ދަތިކަން ދިމާވާ ކަމަށާއި، އެކަން ހައްލު ކުރަނީ ރާއްޖޭގެ ބާޒާރުން ޑޮލަރު ގަނެގެން ކަމަށް ފުޅާ ދާއިރާއެއްގައި ރިސޯޓް ވިޔަފާރި ވެސް ހިންގަމުން އަންނަ ވިލާ ގުރޫޕްގެ ކުންފުނިން ނެރުނު ބަޔާނުގައި ބުނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ކުންފުނިން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އެ ކުންފުންޏަކީ ބޭރުފައިސާ ގަނެވިއްކުމުގެ މުއަމަލާތް ކުރުމަށް އެމްއެމްއޭ އިން މަނީއެކްޗޭންޖާ ލައިސެންސް އޮތް ކުންފުންޏެއް ކަމަށެވެ. އަދި އެގޮތުން ޑޮލަރު ގަތުމަށް އެސްއޯއެފާއެކު ވިލާ ޓްރެވަލްސް އިން 2014-2015 ވަނަ އަހަރާ ދެމެދު މުއާމަލާތް ކުރެވުނު ކަމަށާއި، އޭރު ގަތް ޑޮލަރަށްވާ ދިވެހި ފައިސާ އެ ކުންފުންޏަށް ދައްކާފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.

އެސްއޯއެފާ އެކު އެ ކުންފުނިން ކުރި މުއާމަލާތްތަކާ ގުޅޭގޮތުން އޭސީސީގެ އިތުރުން އެހެން އެއްވެސް އިދާރާ އަކުން ވެސް މިހާތަނަށް އެ ކުންފުންޏާ އެއްވެސް ސުވާލެއް ކޮށްފައި ނުވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެ އެވެ.

ރާއްޖޭގެ އެންމެ ބޮޑެތި ކުންފުނިތައް ކަމަށްވާ ވިލާގެ އިތުރުން ޔުނިވާސަލް އާއި ޗަންޕާ ބްރަދާސް އަށް ވެސް އެސްއޯއެފްގެ އެކައުންޓުން ބޮޑެތި މުއާމަލާތްތައް ކޮށްފައިވާކަން، އޭސީސީން މިއަދު އާންމުކުރި ރިޕޯޓާއި އެކު ވަނީ ހާމަވެފަ އެވެ.
ހިޔާލު

ޤާސިމް

ޤާސިމްގެ ރިސޯޓްތަކުން ޑޮލަރ ނުލިބެނީތަ!ނުވަތަ ލިބޭލެއްމަދީތަ؟

އަޖައިބުއަންތަރީސް

މިއުޒިކް ބޭންޑަކުން ވިލާއިން 7 ލައްކަ ޑޮލަރު ގަތް އިރު ހަމަ ހައިރާނެއް ނުވޭ ދޯ؟

ހުތްކިބަ

އެއްޗެކޭބުނެވިދާނެއެވެ. ތިކަން ޝަރީޢަތުގައި ސާބިތުކޮށްދޭންޖެހޭނެއެވެ. ސާބިތުކޮށްދޭށެވެ. ނުކުރެވޭނަމަ، އެހެންބައެކޭވެސް އެއްގޮތަށް ކަންކުރަންވާނެއެެވެ. އަމާގާތަށްވަންމީހާވެސް ހުނިގުރާބުބަލައި ވަންކަމުގައިބުނެ، ޢުޒުރެއްދެއްކިއެވެ.

ސައްޕޭ

ކޮބާ ޑޮލަރު ގަންނަން ދިވެހިރުފިޔާ ދިން ކަމުގެ ރިސީޕްޓް، އެނޫނީ ތިވެސްވާނީ ހަމަ އެފައިސާއަށް