Furathama dhariah Priyanka Inee balive
image
ޕްރިޔަންކާ އާއި ނިކް--
1 ކޮމެންޓް
 

ފުރަތަމަ ދަރިއަށް ޕްރިޔަންކާ އިނީ ބަލިވެ

ބޮލީވުޑުގެ މަޝްހޫރު ތަރި ޕްރިޔަންކާ ޗޯޕްރާ އާއި އޭނާގެ ފިރިމީހާ ނިކް ޖޯނަސްއަށް ދަރިއަކު ލިބެން އުޅޭކަމަށް ހަބަރުތައް ބުނެފިއެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ޕްރިޔަންކާ އާއި ހޮލީވުޑުގެ ތަރި، ނިކް ކައިވެނިކުރިިއިރު ދާދިފަހުން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޕްރިޔަންކާ ވަނީ އެންމެ ރަނގަޅު ވަގުތު އައިސް ޖެހުމުން ދަރިއަކު ހޯދާނެ ކަމަށް ބުނެފައެވެ. އެކަމަކު، ރިޕޯޓުތައް ބުނާ ގޮތުގައި ޕްރިޔަންކާ އެ ވާހަކަތައް ދެއްކިއިރު ވެސް އިނީ އެމީހުންގެ ފުރަތަމަ ދަރިއަށް ބަލިވެއެވެ.

އުމުރުން 36 އަހަރުގެ ޕްރިޔަންކާ އާއި ގާތް މީހަކާއި ހަވާލާދީ ނޫސްތަކުން ބުނާ ގޮތުގައި އެކަން ވަރަށް އަވަހަށް ޕްރިޔަންކާ އާއި ނިކް ރަސްމީކޮށް އިއުލާނުކުރާނެއެވެ.
View this post on Instagram

So pretty 😍 #priyankachopra #nyfw

A post shared by Priyanka Chopra-Pedia 🌐 (@priyankapedia) on


ޕްރިޔަންކާއަށް ވުރެ 10 އަހަރު ހަގު މީހަކާއި އޭނާ ކައިވެނިކޮށްފައި ވާތީ ގިނަ ބައެއްގެ ފާޑު ކިޔުންތައް އޭނާއަށް އަމާޒުވިނަމަވެސް އެކަމަށް މާބޮޑު ސަމާލުކަމެއް އޭނާ ދީފައެއް ނުވެއެވެ.

ކުލަގަދަ ހަފުލާއަކާއެކު ޕްރިޔަންކާ ކައިވެނިކޮށްފައި ވަނީ އިންޑިއާގެ ޖޯދްޕޫރުގައި ހުންނަ އުމައިދު ބާވަން ޕެލަސްގައެވެ. އެ ހަފުލާގައި ފިލްމީ ދާއިރާގެ ގިނަ ތަރިންތަކެއް ބައިވެރިވިވެފައިވެއެވެ.
ހިޔާލު

ސުނިޔަންކާ

ލޮލް. ބަލިވެ އިނީމަ ކައިވެނި ކުރީ ވެސް. މީނަގެ ރައްޓެހި މެގަން މާކަލް ވެސް ޕްރިންސް އާ އިން އިރު ބަނޑުބޮޑު. މަކަރުގަދަ ދެމީހުން.