India in Pakistan ah: Bainalaguvaamee mujuthamaugai ekaheri kohlaanan!
image
ކަޝްމީރުގައި ސިފައިން ދަތުރުކުރި ބަސް ގޮއްވާލި ސަރަހައްދު.-- ފޮޓޯ: ޑީއެންއޭ އިންޑިއާ
1 ކޮމެންޓް
 

އިންޑިއާ އިން ޕާކިސްތާނަށް: ބައިނަލްއަގުވާމީ މުޖުތަމައުގައި އެކަހެރި ކޮށްލާނަން!

ކަޝްމީރުގެ އިންޑިއާ ފަޅީގައި ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންގެ ޖަމާއަތަކުން ދިން ހަމަލާ އާ ގުޅިގެން އެ ދެ ގައުމުގެ ގުޅުންތައް ވަރަށް ބޮޑަށް ގޯސްވެއްޖެ އެވެ.
އިންޑިއާ އިން ބުނީ އެ ގައުމުގެ ސިފައިން ދަތުރުކުރި ބަހަކަށް އަމިއްލަ އަށް، މީގެ ދެ ދުވަސް ކުރިން މަރުވެގެން ހަނގުރާމަވެރިއަކު ދިން ހަމަލާގައި 46 ސިފައިން މަރުވެފައިވާއިރު، އެކަމުގައި ޕާކިސްތާނުން ބައިވެރިވި ކަމުގެ ހެކި ލިބިފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް އެއީ ކޮން ހެތްކެއް ކަމެއް އިންޑިއާ އިން ހާމައެއް ނުކުރެ އެވެ.

ހަމަލާގެ ބަދަލެއްގެ ގޮތުން، ބައިނަލްއަގުވާމީ މުޖުތަމައުގައި ޕާކިސްތާނު އެކަހެރި ކުރާނެ ކަމަށް އިންޑިއާ އިން ވަނީ ބުނެފަ އެވެ. އެގޮތުން ގައުމުތަކާ ގުޅިގެން ޕާކިސްތާނާ ދެކޮޅަށް ޑިޕްލޮމެޓިކް ގޮތުން އެޅެން ހުރި ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ވެސް އިންޑިއާ އިން ވަނީ ބުނެފަ އެވެ.

އެ ހަމަލާގެ ޒިންމާ ނަގާފައިވަނީ ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންގެ ޖަމިއްޔާއެއް ކަމަށްވާ "ޖާއިޝީ މުހައްމަދު" ޖަމާއަތުންނެވެ. އަދި ޕާކިސްތާނުން ވަނީ އެ ހަމަލާގައި އެ ގައުމުން ބައިވެރިވި ކަމަށް އިންޑިއާ އިން ބުނި ނަމަވެސް އެކަން ދޮގުކޮށް، އިންޑިއާ އަށް ލިބިފައިވާ ކަމަށް ބުނާ ހެކި ހާމަކުރުމަށް ގޮވާލާފަ އެވެ.

އިންޑިއާ އިން ވަނީ ޕާކިސްތާނު ސަރުކާރުން އެ ޖަމާއަތަށް ރައްކާތެރިކަން ދެމުން އަންނަ ކަމަށް ވެސް ބުނެފަ އެވެ. އަދި ޕާކިސްތާނާ ދެކޮޅަށް އަޅާ ފިޔަވަޅުތަކުގެ އިތުރުން، އެ ޖަމާއަތުގެ ލީޑަރު މަސްއޫދު އަޒުހަރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އިންޑިއާ އިން ވަނީ ގޮވާލާފަ އެވެ. އޭނާ އަކީ މިހާރު ވެސް އދ.ގެ ސެކިއުރިޓީ ކައުންސިލްގެ ޓެރަރިސްޓް ލިސްޓުގައި ހިމެނޭ މީހެކެވެ.

ޒަމާނުއްސުރެއް ހަމަނުޖެހުން ބޮޑު އިންޑިއާ-ޕާކިސްތާނުގެ ގުޅުން އިތުރަށް ހީނަރުވެފައިވާއިރު، ކަޝްމީރުގައި ދިން ހަމަލާ ރާއްޖޭން ވަނީ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފަ އެވެ. ނަމަވެސް އެ ހަމަލާ އާ ގުޅިގެން ރާއްޖޭން މިހާތަނަށް ޕާކިސްތާނާ ދެކޮޅަށް ނުވަތަ ޕާކިސްތާން-އިންޑިއާ މައްސަލާފައި އެއްވެސް އެއްޗެއް ނުބުނެ އެވެ.
އިންޑިއާ ޕާކިސްތާން
ހިޔާލު

މެކް

އިންޑިއާ އަކީ އަބަދުވެސް ޖައްސާލައިގެން އުލޭ ތިމަންނަމެން ވަރުގެ ބަޔަކު ނެތިގެން އުލޭބައެއް.