Sridevi aki handhaan nahthaalevey varuge meeheh noon: Anil
image
ސްރީދޭވީ---
0 ކޮމެންޓް
 

ސްރީދޭވީ އަކީ ހަނދާން ނައްތާލެވޭވަރުގެ މީހެއް ނޫން: އަނިލް

ބޮލީވުޑުގެ މަޝްހޫރު އެކްޓަރެސް ސްރީދޭވީ އަކީ ހަނދާން ނައްތާލެވޭވަރުގެ މީހެއް ނޫން ކަމަށް އެކްޓަރު އަނިލް ކަޕޫރު ބުނެފިއެވެ.
އުމުރުން 54 އަހަރުގެ ސްރީދޭވީ ކުއްލި ގޮތަކަށް މަރުވީ އާއިލާ މީހެއްގެ ކައިވެންޏަށް ދުބާއީ އަށް ގޮސް ހުއްޓާކަމަށް އިންޑިއާގެ ރިޕޯޓުތައް ބުނެއެވެ. އޭނާ މަރުވެފައިވަނީ ފެބުރުއަރީ މަހު 24 ވަނަ ދުވަހުއެވެ.

މިމަހު 24 ގައި ސްރީދޭވީގެ މަރަށް އަހަރެއް ފުރޭއިރު ދާދި ފަހުން ސްރީދޭވީގެ ފިރިމީހާ ބޯނީ ކަޕޫރާއި އަދި އޭނާގެ ދެދަރިން ޖާންވީ ކަޕޫރާއި ހުޝީ ކަޕޫރު ވަނީ ސްރީދޭވީއަށް ހެޔޮ ދުއާކުރުމަށްޓަކައި "ޕޫޖާ" އަކަށް ޗެންނާއީ އަށް ގޮސްފައެވެ. އެ ހަރަކާތުގައި އަނިލް ކަޕޫރުގެ އިތުރުން ސުނީތާ ކަޕޫރު އަދި އަޖިތު ކުމާރު ވެސް ވަނީ ބައިވެރިވެފައެވެ.

އެކަމާ ގުޅިގެން ބޯނީ ކަޕޫރު މީޑިއާގައި އެއްޗެއް ބުނެފައި ނުވާއިރު އަނިލް ކަޕޫރު ވަނީ މީޑިއާ އާ ވަހާކަ ދައްކާ ފައެވެ.

އަނިލް ބުނީ ސްރީދޭވީ އަކީ އޭނާގެ ބޭބެގެ އަންހެނުންގެ އިތުރުން އޭނާގެ އަންހެނުންގެ ވެސް ގާތް ރަހުމަތްތެރިއެއް ކަމަށެވެ. އަދި ސްރީދޭވީ އާ ދިމާވާ ކޮންމެ ފަހަރަކު މަޖާކުރާ ކަމަށާއި އޭނާ އަކީ ހަނދާން ނައްތާލަށް އުނދަގޫ މީހެއް ކަމަށް އަނިލް ވަނީ ބުނެފައެވެ.

އޭގެ އިތުރުން އަނިލް ބުނީ ސްރީދޭވީގެ މަސައްކަތްތަކަކީ މޮޅު އަދި ނަމޫނާ ލިބޭ ފަދަ މަސައްކަތްތަކެއް ކަމަށެވެ. އަދި އޭނާގެ ފިލްމު އަދިވެސް އަޅުވާ ކަމަށާއި ފޮޓޯތައް ތަންތަނުގައި ޝާއިރު ކުރާކަމަށެވެ.

ޕޯސްޓް-މޯޓަމްއަށްފަހު ދުބާއީ ފުލުހުން ބުނީ ސްރީދޭވީ މަރުވީ، ހޭނެތިގެން ބާތު ޓަބަކަށް ވެއްޓީ ގެނބުމުގެ ސަބަބުން ކަމަށެވެ. އެމަރުގެ މައްސަލަ އަންނަނީ އަދިވެސް ތަހުގީގު ކުރަމުންނެވެ.
ހިޔާލު