Hadhamun dhiya imaaraathakun vehtunu galakun jehi meehaku maruvehje
image
ޑިސެންބަރު މަހު ކުޑަ ކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާ ވެއްޓުނު ހާދިސާގެ ތެރެއިން.
0 ކޮމެންޓް
 

ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ގަލަކުން ޖެހި މީހަކު މަރުވެއްޖެ

ހުޅުމާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ގަލަކުން ޖެހިގެން މީހަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ ހަދަމުން ދިޔަ ގެއެއްގެ ފަސް ވަނަ ބުރިން ގަލެއް ވެއްޓި، ބޮލުގައި ޖެހުމުން މަރުވެފައިވަނީ 44 އަހަރުގެ ބަންގްލަދޭޝް މީހެއް ކަމަށެވެ. އަދި އެކަމުގެ ރިޕޯޓް މިރޭ 19:50 ހާއިރު ފުލުހުންނަށް ލިބިގެން، އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

އާސަންދައިން ބުނީ އޭނާ ހުޅުމާލޭ ހޮސްޕިޓަލަށް ގެނާއިރު ވެސް އޮތީ މަރުވެފައި ކަމަށެވެ. އަދި އޭނާގެ ބޯ ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށް އާސަންދައިން ބުނެ އެވެ.

މިދިޔަ ޑިސެންބަރު މަހުގެ ފަހުކޮޅު މާލޭގައި ހަދަމުން ދިޔަ ގެއެއްގެ މަތިން ސިމެންތި ބަސްތާއެއް، ހަ އަހަރުގެ ކުޑަ ކުއްޖެއްގެ ބޮލަށް ވެއްޓިގެން ލިބުނު ސީރިއަސް ޒަހަމްތަކުގައި އެ ކުއްޖާ ވެސް ވަނީ މަރުވެފަ އެވެ. އެ ހާދިސާގައި މަރުވި ކުޑަ ކުއްޖާ އަކީ ވެސް ބަންގްލަދޭޝް ކުއްޖެކެވެ.
ހިޔާލު