Miaharuge mihaathanah haradhu kandaa baakee 944 million rufiyaa dhaulathah libijje
image
ފިނޭންސް މިނިސްޓްރީ ހުންނަ އިމާރާތް-- ފޮޓޯ: ޕީއެސްއެމް ނިއުސް
މާއިދާ މުހައްމަދު ރަޝާދު
1 ކޮމެންޓް
 

މިއަހަރުގެ މިހާތަނަށް ހަރަދު ކަނޑާ ބާކީ 944 މިލިއަން ރުފިޔާ ލިބިއްޖެ

މިއަހަރުގެ ޖެނުއަރީ އެއް ވަނަ ދުވަހުން ފެށިގެން މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން ކުރި ހަރަދު ކަނޑާ ބާކީ 944.9 މިލިއަން ރުފިޔާގެ ދައުލަތަށް ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން އާންމުކުރާ ވީކްލީ ފިސްކަލް ރިޕޯޓުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކުރި ރިޕޯޓުން ދައްކާ ގޮތުގައި، މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ 2,776.1 މިލިއަނަށް އަރައެވެ. އަދި އޭގެ ތެރެއިން ދައުލަތުން ވަނީ 1,831.2 މިލިއަނުގެ ހަރަދު ކޮށްފައިކަމަށާއި އެހެންކަމުން ފައިދާގެ ގޮތުގައި ދައުލަތަށް ލިބިފައި ވަނީ 944.9 މިލިއަން ރުފިޔާއެވެ.

ދައުލަތަށް އެންމެ ބޮޑު އާމްދަނީ ލިބިފައި ވަނީ ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސް (ބީޕީޓީ) އާއި ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޖީއެސްޓީ) އަދި ޓޫރިޒަމް ގުޑްސް އެންޑް ސާވިސް ޓެކްސް (ޓީޖީއެސްޓީ) އިންނެވެ.

މުވައްޒަފުންގެ މުސާރައާއި ސަބްސިޑީސް އަދި އެޑްމިނިސްޓްރޭޓިވް ހަރަދުތަކަށް ދައުލަތުން އެންމެ ބޮޑު ހަރަދެއްކޮށްފައިވާއިރު މުސާރައިގެ ގޮތުގައި އެކަނި ވެސް 780.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

އާމްދަނީގެ ބައެއް ތަފްސީލްތައް:
  • ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސް - 931.0 މިލިއަން ރުފިޔާ

  • ގުޑްސް އެންޑް ސާވިސަސް ޓެކްސް - 789.9 މިލިއަން ރުފިޔާ

  • - ޓޫރިޒަމް ގުޑްސް އެންޑް ސާވިސް ޓެކްސް - 524.1
    - ޖެނަރަލް ގުޑްސް އެންޑް ސާވިސަސް ޓެކްސް - 265.8 މިލިއަން ރުފިޔާ

  • ގްރީން ޓެކްސް - 87.1 މިލިއަން ރުފިޔާ

  • އެއާޕޯޓް ސާވިސް ޗާޖް - 71.2 މިލިއަން ރުފިޔާ

  • ރެމިޓެންޓް ޓެކްސް - 11.8 މިލިއަން ރުފިޔާ


  • މިއަހަރަށް ލަފާކޮށް ދައުލަތުން ވަނީ 30 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައެވެ. އެ ބަޖެޓުން މިހާތަނަށް ބޭނުންކޮށްފައި ވަނީ އެންމެ 13 އިންސައްތަކަމަށް އެ ރިޕޯޓުން ދައްކައެވެ.
    ދައުލަތް ފިނޭންސް
    ހިޔާލު

    ސައިނީ

    ތިލާރިޔަށް ސިޔާސީ މީހުންވައްދާ އޭރުން ކޮރަޕްސަން ޒީރޯ ކުރެވޭނެ