Huskoh hunnan katrina beynumeh noon
image
ކެޓްރީނާ ކައިފް--
1 ކޮމެންޓް
 

ހުސްކޮށް ހުންނަން ކެޓްރީނާ ބޭނުމެއް ނޫން

ރަންބީރު ކަޕޫރާއި ދީޕިކާ ޕަޑުކޯން ލޯބީގެ ގޮތުން ގުޅިގެން އުޅެނިކޮށް ކެޓްރީނާ އާއި ރަންބީރުގެ މެދުގައި ހާއްސަ ގުޅުމެއް އޮންނަ ކަމުގެ އަޑުތައް ފެތުރުނުތާ މާގިނަ ދުވަސްތަކެއް ނުވެ، ދީޕިކާ އާއި ރަންބީރުގެ ގުޅުން ނިމުމަކަށް އައެވެ. އަދި އޭރު ކެޓްރީނާ އާއި ސަލްމާން ހާނުގެ މެދުގައި ގުޅުމެއް އޮތްކަމަށް އަޑުތައް އެރިނަމަވެސް އެއަޑުތައް ފޮހެލީ ކެޓްރީނާ އާއި ރަންބީރު ލޯބީގެ ގޮތުން ގުޅުނު ހަބަރާއެކުއެވެ.
ރަންބީރާއި ކެޓްރީނާގެ މެދުގައި ލޯބި އުފެދުނީ ދެހާސް ނުވަ ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު "އަޖަބް ޕްރޭމް ކީ ގަޒަމް ކަހާނީ" ގެ ސެޓުން ކަމަށް ވެއެވެ. ގާތްގަނޑަކަށް ހަތް އަހަރު ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނުއިރު އޭރުވެސް ދެމީހުންގެ މެދުގައި މައްސަލަތައް ޖެހޭކަމުގެ އަޑުތައް އެކި ދުވަސްވަރު އަރައެވެ. އެކަމަކު، ދެމީހުން ވަކިވި ކަމުގެ ހަބަރު އައީ ރަންބީރާއި ދީޕިކާ އެކުގައި "ތަމާޝާ" ފިލްމު ކުޅުނު ހިސާބުންނެވެ.

ދެހާސް ސޯޅަ ވަނަ އަހަރު، ދެމީހުން ވަކިކަން އިއުލާނުކުރިއިރު މިއަދާއި ހަމައަށް ވެސް ކެޓްރީނާ އެހެން މީހަކާއި ލޯބީގެ ގޮތުން ގުޅިފައެއް ނުވެއެވެ. އެކަމަކު މިދިޔަ އަހަރު ރަންބީރު ވަނީ އަރަހަމުން އަންނަ ބަތަލާ، އާލިއާ ބަޓްއާ ލޯބީގެ ގޮތުން ގުޅިފައެވެ.

ދާދިފަހުން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އުމުރުން 35 އަހަރުގެ ކެޓްރީނާ ބުނީ، އެހާ ދުވަހު ހުސްކޮށް ހުންނަން ޖެހުނީ ކީއްވެކަން ބުނެދޭން ނޭނގޭ ކަމަށެވެ. މިއަހަރަށް އޭނާ އެންމެ ބޭނުން ވަނީ ކޮންކަމެއް ހާސިލު ކުރަންތޯ ސުވާލުކުރުމުން ކެޓްރީނާ ބުނީ "ފިލްމް ފެއާ އެވޯޑް" އަދި "ބޯއީފްރެންޑް" އެއް ކަމަށެވެ. އަދި ސިންގަލް ކޮށް ހުންނަން މިހާރު ބޭނުން ނުވާ ކަމަށާއި އަމިއްލަ ޕްރޮޑަކްޝަން ކޮމްޕެނީއެއް ހިންގަން ވެސް ވަރަށް ބޭނުންވާ ކަމަށް ކެޓްރީނާ ބުނެއެވެ.

ކުޅަދާނަ ބަތަލާ ކެޓްރީނާ، އެންމެ ފަހުން މަސައްކަތް ކޮށްފައި ވަނީ ބޮލީވުޑުގެ ތަރި ޝާހުރުކް ހާނާއެކުއެވެ. އަދި އޭނާ މިހާރު މަސައްކަތް ކުރަމުންދަނީ "ބާރަތު" އަށް ސަލްމާން ހާންއާއެކުއެވެ. އެފިލްމަކީ ޖޫން ފަހެއްގައި ނެރުމަށް ތައްޔާރުކުރަމުން އަންނަ ފިލްމެކެވެ.
ހިޔާލު

އަލްމުދިސް

ދިވެހިރާއްޖޭގާ ކަމަނައާ އިންނާން ބޭނުން ކިތަންމެ ބަޔަކު އުޅޭ. ނިކަން އާދެބަލަ ރާއްޖެއަށް