Qaumiyyathu Kurieruvumah lafaadhey Committee eh ufahdhaifi
image
ގައުމިއްޔަތު ކުރިއެރުވުމަށް އުފެއްދެވި ކޮމެޓީގެ މެމްބަރުންނާއި ހޯމް މިނިސްޓަރު ބައްދަލުކުރައްވަނީ-- ފޮޓޯ: ހޯމް މިނިސްޓްރީ
2 ކޮމެންޓް
 

ގައުމިއްޔަތު ކުރިއެރުވުމަށް ލަފާދޭ ކޮމެޓީއެއް އުފައްދައިފި

ގައުމިއްޔަތު ކުރިއެރުވުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ލަފާ އަރުވާ ކޮމިޓީއެއް މިއަދު ހޯމް މިނިސްޓްރީގައި އެކުލަވާލައިފިއެވެ.
މިއަދު އެ ކޮމެޓީގެ ފުރަތަމަ ބައްދަލުވުން ވެސް ބާއްވާފައިވާއިރު އެ ކޮމެޓީއަކީ ގައުމީ އެކިއެކި މުނާސަބަތުތަކުގައި ރައްޔިތުންގެ ހިތްތަކުގައި ގައުމީ އަދި ވަތަނީ ރޫހް އާލާކުރުމަށް ކުރެވިދާނެ މަސައްކަތްތައް ފާހަގަކުރުމާއި އެކަންކަން ކުރެވިދާނެ ގޮތްތަކާބެހޭ ގޮތުން މިނިސްޓަރަށް ލަފާއެރުވުމަށް އެކުލަވާލި ކޮމެޓީއެކެވެ.

ނުވަ ބޭފުޅުން ހިމެނިވަޑައިގަންނަވާ އެކޮމެޓީގައި ހެރިޓޭޖް އެންޑް ކަލްޗާ މިނިސްޓަރު ޔުމްނާ މައުމޫނާއި ދިވެހި ބަހުގެ އެކަޑެމީގެ ރައީސް އަޝްރަފް އަލީގެ އިތުރުން އައްބާސް އިބްރާހީމް، އަބުދުއްރަޝީދު ހުސައިން، އަނީސާ އަހުމަދު، އަހުމަދު ޝާކިރު، އާދަމް ނަސީރު އިބްރާހީމް، އަންވަރު އިބްރާހީމް އަދި އަހްމަދު އަލާ ހިމެނިވަޑައިގަންނަވައެވެ.

ދިވެހިންގެ މެދުގައި ގައުމީ އަދި ވަތަނީ ރޫހު އާލާކޮށް، ދިވެހި ގައުމިއްޔަތުގެ ސިފަތައް ލިބިފައިވާ ދިވެހިވަންތަ މުޖުތަމަޢުއެއް ބިނާކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހަވާލުކުރައްވާފައި ވަނީ ހޯމް މިނިސްޓްރީއަށެވެ.
ހޯމް މިނިސްޓްރީ
ހިޔާލު

ލަކޫ

ދިވެހި ޤައުމިއްޔަތުގެ ރުކުނަކީ އިސްލާމް ދީނާއި މުސްލިމް ދިވެހި ރައްޔިތު މީހާއާއި ދިވެހި ޤައުމާއި ދިވެހިބަސް، ދިވެހިދަރިން ކުޑައިރުއްސުރުން އިސްލާމް ދީން ނުކިޔަވާ ދީން ދަސނުކޮށެއް ޤައުމިއްޔަތެއް ނޯނާނެ !

ާާޢާއިޝާ

ކޮމިޓީ ސަރުކާރު ސެލްފީ ރައީސް ހިނި އަންނަނީ ކިތައް ކޮމިޓީ އުފެއްދިއްޖެބާ