Kashmir gai ithuru hamalaaeh, mifaharu 4 sifain maruvi
image
ހަމަލާ ބަދަލުކުރި ސަރަހައްދުގައި އިންޑިއާ ސިފައިން ހަރަކާތްތެރިވަނީ.-- ފޮޓޯ: އޭއެފްޕީ
0 ކޮމެންޓް
 

ކަޝްމީރުގައި އިތުރު ހަތަރު ސިފައިން މަރާލައިފި

ކަޝްމީރުގެ އިންޑިއާ ފަޅީފައި ހަނގުރާމަވެރިންނާއި އެ ގައުމުގެ ސިފައިންގެ ދެމެދުގައި ހަމަލާތައް ބަދަލު ކުރުމުގެ ތެރެއިން، ހަތަރު ސިފައިންގެ މީހަކު މަރުވެއްޖެ އެވެ.
އެ ހަމަލާތައް ބަދަލު ކުރީ، މިދިޔަ އަންގާރަ ދުވަހު އިންޑިއާ ސިފައިން ދަތުރުކުރި ބަހަކަށް ހަނގުރާމަވަރިންގެ މީހަކު މަރުވެގެން ދިން ބޮމުގެ ހަމަލާއެއްގައި 40 ސިފައިން މަރާލި، ޕަލްވާމާ ޑިސްޓްރިކްޓުގަ އެވެ.

އެ ހަމަލާތަކުގައި އިންޑިއާ ސިފައިންގެ އިތުރުން ދެ ހަނގުރާމަވެރި އަކު ވެސް މަރުވި އެވެ. އަދި ހަމަލާތައް ބަދަލުކުރި ވަގުތު އެ ސަރަހައްދުގައި ހުރި އާންމު މީހަކު ވެސް މަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އިންޑިއާ ސިފައިން އެ ސަރަހައްދުން ހަނގުރާމަވެރިން ހޯދުމަށް ހާއްސަ އޮޕަރޭޝަނެއް ހިންގަމުން އަންނަ އިރު، ހަމަލާތަކާއި އެކު އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުންތައް ވެސް ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. އެގޮތުން ޕާކިސްތާނުން ހަނގުރާމަވެރިންނަށް ރައްކާތެރިކަން ދޭކަމަށާއި، ބައިނަލްއަގުވާމީ މުޖުތަމައުގައި އެ ގައުމު އެކަހެރި ކޮށްލާނެ ކަމަށް ބުނެ އިންޑިއާ އިން ވަނީ އިންޒާރު ވެސް ދީފަ އެވެ.
އިންޑިއާ ޕާކިސްތާން
ހިޔާލު