JP ge Ticket dhinumuge baaru Leader ah dhinumah dhekolhu hedhin: Ali Waheed
image
ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް އަދި އެޕާޓީގެ ރައީސް އަލީ ވަހީދު-- ފޮޓޯ: ވީނިއުސް
މާއިދާ މުހައްމަދު ރަޝާދު
5 ކޮމެންޓް
 

ޖޭޕީގެ ޓިކެޓު ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް ދެކޮޅު ހެދިން: އަލީ ވަހީދު

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޓިކެޓުގައި މަޖިލީހަށް ކުރިމަތިލާ ފަރާތްތައް ކަނޑައެޅުމުގެ ބާރު ޕާޓީގެ ލީޑަރު ގާސިމު އިބްރާހީމަށް ދިނުމަށް ދެކޮޅު ހެދިކަމަށް އެޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރާ ފަރާތްތަކަށް ޓިކެޓް ދިނުމުގެ ބާރު ގާސިމަށް ދޭން އެޕާޓީގެ ކައުންސިލުން ނިންމީ މިދިޔަ މަހުގެ 30 ގައި ބޭއްވި އެ ޕާޓީގެ ކައުންސިލްގެ ބައްދަލުވުމުގައެވެ. އެ ނިންމުމެވުމާއެކު އެމަނިކުފާނަށް ޖޭޕީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރެވޭނެކަން ވެސް ނިންމަވާނީ އަމިއްލަފުޅަށެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، ޕާޓީގެ ޓިކެޓް ދިނުމުގެ ބާރު ގާސިމް އަށް ދޭން އޭނާގެ އިތުރުން ކައުންސިލްގެ ބައެއް މެމްބަރުން ވެސް ދެކޮޅު ހެއްދެވި ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރު ކަން ވެސް މިހާރު ކުރައްވަމުން އަންނަ އަލީ ވަހީދު ވިދާޅުވީ، ޕާޓީގެ ލީޑަރު ކަންކަމުގައި ފާޅުކުރައްވާ ހުރިހާ ހިޔާލަކީ ގޯސް ހިޔާލުގެ ގޮތުގައި ބަލައިގެން ނުވާނެ ކަމަށާއި އެކަންކަމަކީ ސަރުކާރު ޒިންމާދާރު ކުރުވުމަށް ސަރުކާރުގެ ތެރެއިން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އޭގެ އިތުރުން ޝަރުއީ ދާއިރާ އިސްލާހުކުރަން ނުޖެހޭ ކަމަށް އެ ޕާޓީގެ މެމްބަރަކު ދެއްކެވި ވާހަކައަށް އެއްބަސް ނުވާކަން ފާހަގަކުރައްވާ އަލީ ވަހީދު ވިދާޅުވީ، ޝަރުއީ ދާއިރާގައި އިސްލާހުކުރަން ޖެހޭ ކަމެއް ނެތް ނަމަ، ތިން އަހަރެއްހާ ދުވަހު ރާއްޖޭން ބޭރުގައި އުޅެން އޭނާއަށް ނުޖެހުނީސް ކަމަށެވެ. އަދި ޝަރުއީ ދާއިރާގައި އިސްލާހު ކުރަން ޖެހޭ ކަމެއް ނެތް ކަމަށް މުޅި ޖުމްހޫރީ ޕާޓީ ގަބޫލުނުކުރާ ކަމަށް ވެސް އަލީ ވަހީދުގެ ވާހަކާގައި ފާހަގަކުރައްވައެވެ.

''އަޅުގަނޑުމެން އެކަމާއި ދެކޮޅު އިނގޭތޯ. އެހެން ނަމަ އަޅުގަނޑުމެން ނުކުރާ ކުށަކަށް ޖަލަށްލައި، 24 ރޭ ބައްވާ ތިން އަހަރު އަޅުގަނޑުގެ ހަޔާތުން ރާއްޖެއިން ބޭރުގައި އުޅޭކަށް ނުޖެހޭނެ ހުރިހާ ކަމެއް ފުރިހަމަ ކޮށް އޮތްނަމަ. އަޅުގަނޑު މި ދަންނަވަނީ ރާއްޖޭގެ މުޅި ޝަރުއީ ނިޒާމު ގޯހެކޭ ނޫން. ހުރިހާ ފަނޑިޔާރުން ގޯހެކޭ ނޫން." އެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވިއެވެ.

އޭގެ އިތުރުން، ޕާޓީގެ ތެރޭގައި ހިޔާލު ތަފާތުވުންތައް އުފެދުން ނަމަވެސް ޕާޓީ އަބަދުވެސް ދެމި އޮންނާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ދެމެހެއްޓުމަށް ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
ޖޭޕީ އަލީ ވަހީދު
ހިޔާލު

މިގޭ

ތީދެން ކާކު. ހުރިހާ ޕާޓީ ހަމަވާން ކައިރިވެއްޖެ. ބޮޑުކަރާ

މާލޫދު ޕާޓީ

ދަ ޤާސިމް އިޒް ވަންމޭން ޝޯވް

ސައިނީ

އަލީ ވަހީދު އެމްޑީޕީއަށް ކަޑާލަންދޯ މިއުޅެނީ އަނެއްކާ

ހަސަނުގެ ދަރި

ދެން އަވަހަށް ޕާޓީ ބަދަލު ކުރޭ ޖޭޕީއާ ގުުޅުނީވެސް އަމިއްލަ ޖީބަށް ލުއިވާތީ ރާއްޖެއިން ބޭރުގަ އުޅުނު އިރު ޚަރަދުތައް ބޮޑުވެ ޖީބު ބަރުކުރަން ގާސިމް ވަރެއް ނެތަތީ އެދުވަސްވަރު ރީދޫކުލައިން ފައިދާއެއް ނުލިބުމުން ކޮރަޕްޝަންގެ ކަންތައް މަޖްލިސް ތެރެއިން ފުރަތަމަ ފެށި މީހެއްގެ ލަޤަބުވެސް ކަރައަށް ދޭން ޖެހޭނެ ބާރަށް ބައްފާފަ ބަހައްޓާތި މަގާމްގަ އިމްރާނެކޭ ތަފާތެއް ނެތް ހާލުގަ ޖެހުނުދުވަހު އެހީވީ ގާސިމްކަން ވެސް ހަދާނުގަ ނުބަހައްޓާތި

ކޮން...

ފައިސާ އާއި މަގާމްގެ ބޭނުމުގައި މިހާރުވެސް އޭރުވެސް.