Raees Solih ge cabinet ah alhuganduge furihama ithubaaru ebaoi: Faris
image
ފާރިސް މައުމޫން (ކ): ސަރުކާރުގެ މުހިއްމު ބައިވެރިއެއް--ފޮޓޯ: ޓްވިޓާ
0 ކޮމެންޓް
 

ރައީސް ސޯލިހުގެ ކެބިނެޓަށް އަޅުގަނޑުގެ ފުރިހަމަ އިތުބާރު އެބައޮތް: ފާރިސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ކެބިނެޓަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށާއި ސަރުކާރަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގަޔޫމްގެ ދަރިކަނލުން، އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.
ސަރުކާރު ކޯލިޝަނުގައި ވެސް ހިމެނޭ މުހިއްމު ބައިވެރިއެއް ކަމަށްވާ މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިސްކޮށް އުޅުއްވާ ފާރިސް ކުރެއްވި ޓްވީޓެއްގައި އިތުރަށް ވިދާޅުވެފައިވަނީ ޑިފެންސް މިނިސްޓަރު މާރިއާ އަހުމަދުދީދީގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދައިފިނަމަ ވޯޓު ދެއްވާނީވެސް މާރިޔާއާ އެއްކޮޅަށް ކަމަށެވެ.


މާރިޔާގެ ދިފާއުގައި ފާރިސް ނުކުންނެވި އިރު، އަންނަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފާރިސް ކުރިމަތިލައްވަނީ މާރިޔާ މެންބަރުކަން ކުރެއްވި މައްޗަންގޮޅި އުތުރު ދާއިރާއަށެވެ.

މާރިއާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް ކޯލިޝަނުން ވަނީ ބުނެފަ އެވެ. ނަމަވެސް މިވަގުތު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތީ ސަރުކާރުގެ ކޯލިޝަނުގެ އަތުގަ އެވެ.
ހިޔާލު