Minivankamaeku Masaikaiy kurehvumah Naib Raees Fadiyaarunge kibain edhivadaigenfi
image
ނައިބް ރައީސް ފައިސަލް ނަސީމް-- ފޮޓޯ: މޯލްޑިވްސް ޖުޑިޝަރީ/ޓްވީޓާ
1 ކޮމެންޓް
 

މިނިވަންކަމާއެކު މަސައްކަތް ކުރެއްވުމަށް ފަނޑިޔާރުންގެ ކިބައިން އެދިވަޑައިގެންފި

މިނިވަންކަމާއި ނަޒާހާތްތެރިކަމާއެކު މަސައްކަތް ކުރެއްވުމަށް ނައިބް ރައީސް ފައިސަލް ނަސީމް ފަނޑިޔާރުންގެ ކިބައިން އެދިވަޑައިގެންފިއެވެ.
މިއަދު ހެނދުނު ދަރުބާރުގޭގައި އޮތް "ކޮންފަރެންސް އޮން ޖުޑީޝަލް އިންޑިޕެންޑެންސް އެންޑް ރިފޯމް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ، އަދުލުވެރިކަން ނެތް މުޖުތަމެއްގައި ދުވަހަކު ވެސް ހަމަޖެހުން ގާއިމުވެގެން ނުދާނެ ކަމަށެވެ.

އިންސާފަކީ ވަކި މީހަކަށް ލިބެން ޖެހޭ އެއްޗެއްގެ ގޮތުގައި އޮއްހާ ހިނދަކު ސުހްލަހަމަސަލަސްކަން ގާއިމުވެގެން ނުދާނެކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ، އަދުލުވެރި ފަނޑިޔާރުންތަކެއް ބިނާ ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. އެހެންކަމުން، މިނިވަންކަމާއި ނަޒާހާތްރެރިކަމާއެކު ހަރުދާނާ އިލްމީ އަސާސްތަކުގެ މައްޗަށް އަދުލު އިންސާފު ގާއިމުކޮށްދޭނެ ފަނޑިޔާރުގެއެއް ރައްޔިތުންނަށް ކަށަވަރުކޮށްދެއްވުމަށް ފައިސަލް އެދިވަޑައިގެންނެވިއެވެ.

އޭގެ އިތުރުން ފައިސަލް ވިދާޅުވީ މިއަދު ފެށިގެންދިޔަ ކޮންފަރެންސްގެ ޒަރިއްޔާއިން ޝަރުއީ ދާއިރާ އިތުރަށް ހަރުދަނާވެ، ޝަރީއަށްތައް ކުރިއަށް ގެންދިއުމަށް ކުރިމަތިވަމުން އަންނަ ދަތިތަކަށް ހައްލެއް އެ ކޮންފަރެންސް މެދުވެރިކޮށް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އެ ކޮންފަރަންސަކީ ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދަން ނިންމާފައިވާ ކޮންފަރެންސެކެވެ. އެގޮތުން ކޮންފަރެންސްގެ ފުރަތަމަ ދުވަހު، އަލިއަޅުވާލާނީ، ފަނޑިޔާރުންނާއި ފަނޑިޔާރުގޭގެ މިނިވަންކަންކަމާއި ގުޅޭގޮތުންނެވެ. އަދި މާދަމާ މަޝްވަރާކުރާނީ ޝަރުއީ ނިޒާމް އިސްލާހުކުރުމާއި ގުޅޭގޮތުންނެވެ. ޝަރުއީ ދާއިރާގައި ތިބި ތަޖުރިބާކާރު ފަރާތްތަކުން ވެސް ބައިވެރިވާ އެކޮންފަރެންސްގައި އެކި މައުލޫމާތުތަކަށް ކަރުދާސް ހުށަހަޅާއި އެކަންކަމާއި ގުޅިގެން މަޝްވަރާކުރައްވާނެއެވެ.
ހިޔާލު

ނަޝީދު

މިނިވަން ކަމާއެކު މަސައްކަތްކުރަން ރައްޔިތުން ކުރިމަތީ އިލްތިމާސްކޮށްފަ، ފަނޑިޔާރުގެއަށް ސިއްރުން ފޯނުން ގުޅާފަ ތި ބުނަނީ ކުރީ ސަރުކާރު ވެރިން ހައްޔަރުކޮށްދޭށޭ