Pakistan ge Tharinnah Bollywood in dhen furusatheh neiy
image
އިންޑިއާގައި މަސައްކަތް ކުރާ ޕާކިސްތާނުގެ ބައެއް ތަރިން--
0 ކޮމެންޓް
 

ޕާކިސްތާނުގެ ތަރިންނަށް ބޮލީވުޑުން ދެން ފުރުސަތެއް ނެތް

ކަޝްމީރުގެ އިންޑިއާ ފަޅީގައި ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންގެ ޖަމާއަތަކުން ދިން ހަމަލާގައި އިންޑިއާގެ 44 ސިފައިންގެ މީހަކު މަރުވެފައިވާތީ ޕާކިސްތާނަށް ނިސްބަތްވާ ފިލްމީ ތަރިންނަށް ބޮލީވުޑުން ފުރުސަތު ނުދޭން ނިންމައިފިއެވެ.
އޯލް އިންޑިއަން ސިނެ ވޯކާސް އެސޯސިއޭޝަނުން އެނިންމުން ނިންމުމަށް ފަހު ބުނީ، ޕާކިސްތާނަށް ނިސްބަތްވާ އެއްވެސް އެކްޓަރަކު އަދި ލަވަކިޔުންތެރިއެއް ނުވަތަ ޓެކްނީޝަނަށް ވެސް އިންޑިއާގެ ފިލްމީ ދާއިރާއިން ފުރުސަތު ދީގެން ނުވާނެ ކަމަށެވެ. އަދި އެ ނިންމާއި ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

އެންމެ ފުރަތަމަ ގައުމު ކަމަށް ބުނެ އެ އެސޯސިއޭޝަނުން އެފަދަ ނިންމުމެއް ނިންމާފައި މިވަނީ ޕާކިސްތާނުން ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރާތީ ކަމަށް ސިނެ ވޯކާސް އެސޯސިއޭޝަނުން ބުނެއެވެ.

ބޮލީވުޑުގައި ޕާކިސްތާނަށް ނިސްބަތްވާ ކުޅަދާނަ ތަރިންތަނެއް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެކްޓަރު ފަވާދު ހާން އާއި މާހިރާ ހާނުގެ އިތުރުން މަޝްހޫރު ދެ ލަވަކިޔުންތެރިން ކަމަށްވާ އާތިފް އަސްލަމް އާއި ރާހަތު ފަތޭ އަލީ ހާން ވެސް ބޮލީވުޑަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެހެންކަމުން، އެ ނިންމުމާއެކު އެފަރަތާތްކަށް ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހޭނެއެވެ.

ޕާކިސްތާނުން އިންޑިއާއަށް ދިން ހަމަލާ ބޮލީވުޑުގެ ތަރިން ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. އަދި އެ ހަމަލާގައި މަރުވި ސިފައިންގެ މީހުންގެ އާއިލާތަކަށް އެހީތެރިކަން ވެސް ބޮލީވުޑުގެ ތަރިން ވަނީ ފޯރުކޮށްދީފައެވެ.

އެ ހަމަލާއާ ގުޅިގެން ބޮލީވުޑުގެ ތަރި އަޖޭ ދޭވްގަން ވަނީ ޕާކިސްތާނުގައި އޭނާގެ ކުރިއަށް އޮތް ފިލްމު "ޓޯޓަލް ދަމާލް" ނާޅުވަން ނިންމާފައިވާކަން ވެސް އިއުލާނުކޮށްފައެވެ.
ހިޔާލު