Mi sarukaarunves siyaasee dhauvaa kuraathan fenihje: Shainee
image
ކުރީގެ ފުޝަރީޒް މިނިސްޓަރު ޝައިނީ-- ފޮޓޯ: ވީނިއުސް
މާއިދާ މުހައްމަދު ރަޝާދު
2 ކޮމެންޓް
 

މިސަރުކާރުން ވެސް ސިޔާސީ ދައުވާކުރާތަން ފެނިއްޖެ : ޝައިނީ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ސިޔާސީ ދައުވާ ނުކުރާނެ ކަމަށް އުއްމީދު ކުރެވުން ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި ވެސް ފެނިގެންދަނީ ސިޔާސީ ދައުވާ ކުރާ މަންޒަރުކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.
ޝައިނީ އެފަދަ މޭރުކަމަކުން މިއަދު ޓްވީޓު ކުރައްވާފައި މިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަކުރުމުގެ ދައުވާއާ ގުޅިގެން ޝަރީއަތް ނިމެންދެން ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށް، އިއްޔެ މާފުށީ ޖަލަށް އެމަނިކުފާނު ގެންގޮސްފައިވާ ދަނޑިވަޅެއްގައި ވެސް މެއެވެ.

ރައީސް ޔާމީނު ދޫކޮށްލުމަށް ގޮވާލާ ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް ހިއްސާކޮށް ޝައިނީ ވިދާޅުވީ، އަނެއްކާވެސް ގައުމު މިސްރާބު ޖަހާފައި މިވަނީ ހަމަނުޖެހުމަކާއި ދިމާލަށް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ހުރިހާ އަސަރެއް ކުރާނީ އާންމުނަށް ކަމަށް ވެސް ޝައިނީގެ ޓްވީޓްގައި ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ އަރިސް ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭ ޝައިނީއަށް ޕީޕީއެމުން ވަނީ ޕްރައިމަރީއަކާއި ނުލާއި ހެންވޭރު އުތުރު ދާއިރާ އަށް ވާދަކުރުމަށް ޓިކެޓު ދީފައެވެ.

ޝަރީއަތް ނިމެންދެން ރައީސް ޔާމީން ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ނިންމާފައިވަނީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން އެމައްސަލާގައި ހިމެނޭ ހެކީންނަށް ނުފޫޒު ފޯރުވުމާއި ރިސްވަތު ހުށަހަޅަމުންދާ ކަމުގެ ތަހުމަތު ކުރެވޭތީ، ޕީޖީ އޮފީހުގެ ގާނޫނީ ވަކީލުންގެ އެދުމުގެ މަތިންނެވެ.
ހިޔާލު

އައްލާބެ

ވައްކަން ކުރާ މީހާ ހޯދައި އެކުރިކަމަކަށް އަދަބު ދިނުމަކީ ސިޔާސީ ދަޢުވާއަށް ވާނޭގޮތް ބުނެދީ ބަލާށެވެ. އަދި ބޮޑެތި މަގާމުތަކުގައި ތިބެ ލިބޭ މުސާރައާއި ނުބައްދަލު ފައިސާ ގެންގުޅުމާއި ( ގޭގެ ލިފްޓް ) ގާނޫނީ ޒިންމާ އަދާނުކޮށް ވައްކަން ކުރާ މީހާއަށް އަދަބު ދިނުމަކީ ކުރަށް ޖެހޭކަމެކެވެ. އަދި އެބަހީ އަތްވެސް ބުރިކުރާށެވެ.

Madam

ތީކާކުތަ މިސަރުކާރުން ކުރާކަން ކަމާ ބެހެން.މަޑުން ތިބެބަލަ.ކަލޭމެން މިޔޮ ހުރިހާ ދުވަހު ކުރިކަންތަ ފަޅާއަރުވާލާތީ ދޯ ތިއުަޅެނީ..