Mashooru fashion designer Karl Lagerfeld maruvehje
image
ކާލް މިދިޔަ އަހަރުގެ ޕެރިސް ފެޝަން ވީކުގައި ބައިވެރިވަނީ.- -ފޮޓޯ: ގެޓީ އިމޭޖަސް
0 ކޮމެންޓް
 

މަޝްހޫރު ފެޝަން ޑިޒައިނަރު ކާލް ލަގަފެލްޑް މަރުވެއްޖެ

ދުނިޔޭގެ އެންމެ މަޝްހޫރު ފެޝަން ޑިޒައިނަރުންގެ ތެރޭގައި ފާހަގަކޮށްލެވޭ، ފެށަންގެ ދުނިޔޭގެ ލެޖެންޑް ކާލް ލަގަފެލްޑް މަރުވެއްޖެ އެވެ. Dhiraagu
އުމުުރުން 85 އަހަރުގެ ކާލް މިއަދު މަރުވެފައިވާކަން، އޭނާގެ ފެޝަން ލޭބަލް ޝެނެލް އިން ވަނީ ކަށަވަރު ކޮށްދީފަ އެވެ. ޝެނެލް އިން ބުނީ އޭނާ މަރުވީ ބަލިވެ އުޅޭތާ ކުޑަ ދުވަސްކޮޅެއް ވެފައި ވަނިކޮށް މިއަދު ސިއްހީ ހާލަތު އިތުރަށް ގޯސްވުމުން ހޮސްޕިޓަލަށް ގެންގޮސްގެން ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.

ފެޝަން ދުނިޔޭގެ ރަސްގެފާނުގެ ގޮތުގައި މަޝްހޫރުވެފައިވާ ކާލް މަރުވުމާ ހަމަ އަށް އޭނަ އަކީ ޝެނެލް އާއި ފެންޑީގެ ކްރިއޭޓިވް ޑައިރެކްޓަރެވެ. އެގޮތުން އޭނާ ދާދި ފަހަކާ ޖެހެންދެން ވެސް އޭނާ މަސައްކަތުގައި އަވަދިނެތި އުޅުނެވެ.

ޖަރުމަނަށް އުފަން ކާލް އަކީ ފެޝަން ދުނިޔޭގެ "އައިކަލް" އެކެވެ. އެގޮތުން ގަދަ ކުލަތަކުން ޖަރީކޮށްފައި ހުންނަ ސޫޓާއި، އަވި އައިނުގެ އިތުރުން އޭނާގެ ބޮލުގެ އިސްތަށިގަނޑު ދިގުކޮށް، ޕޯނީ ޓެއިލެއް ގޮތަށް އައްސާފައި އޮންނަ އިރު އެތައް ބަޔަކަށް ވަނީ އެ ސްޓައިލް ކަމުގޮސްފަ އެވެ.

ކާލް ދިރިއުޅެމުން އައީ ޕެރިސްގަ އެވެ. އަދި އޭނާ މިއަދު މަރުވީ ޕެރިސްގެ އެމެރިކަން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. ކާލް މަރުވި ހަބަރާ އެކު އެތައް ހާސް ބަޔަކު އަންނަނީ ހިތާމަ ފާޅުކޮށް، ތައުޒިޔާ ކިޔަމުންނެވެ.
ހިޔާލު