Anehkaa ves ge ehge mathin ehcheh vehti kuhjakah aniyaavehje
image
ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށް ގެންދަނީ -- ފޮޓޯ: އަޝްވާ ފަހީމް
8 ކޮމެންޓް
 

އަނެއްކާ ވެސް އިމާރާތެއްގެ މަތިން އެއްޗެއް ވެއްޓި ކުއްޖަކަށް އަނިޔާވެއްޖެ

މާލޭގައި އިމާރާތް ކުރަމުން ދިޔަ ގެއެއްގެ މަތިން ވެއްޓުނު އެއްޗަކުން ޖެހި އަނެއްކާ ވެސް ކުއްޖަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ މިރޭ 18:46 ހާއިރު، ދިއްލީމަގުގެ ހ. މިސޫރީގޭގައި ހަދަމުން އަންނަ އިމާރާތުގެ ދެ ވަނަ ބުރިން ވެއްޓުނީ، ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރާއިރު ދަނގަޑުގައި އަޅުވާ ބިޑިއެއް ކަމަށެވެ. އަދި އެ ވެއްޓި ޖެހުނީ 17 އަހަރުގެ ކުއްޖެއްގެ ބުރަކަށީގައި ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ އެ ކުއްޖާ އަށް މާބޮޑު އަނިޔާއެއް ނުވާ ކަމަށެވެ. ނަމަވެސް އެ ސަރަހައްދުގައި އެ ވަގުތު ހުރި މީހަކު "ސީއެންއެމް" އަށް ބުނީ އެ ކުއްޖާގެ ބުރަކަށީގައި ބިޑިން ޖެހުމުން ވަރަށް ބޮޑަށް، ބުރަކަށްޓަށް ތަދުވެފައިވާ ކަމަށެވެ.

ރޭ ރޯޝަނީ މަގު ކިލޯގްރާމް ކައިރީގައި ހުންނަ ހ. ބްލޫ ހައުސްގެ ހަ ވަނަ ބުރިން، ވަލެއް އައްސައިގެން ކުނި ކޮތަޅެއް ތިރިކުރަން އުޅުމުގެ ތެރޭގައި އެ ކޮތަޅު ފަޅައިގެން ގޮސް، 35 އަހަރުގެ އަންހެނެއްގެ ބޮލުގައި ޖެހުމުން އޭނާ އަށް ވަނީ އަނިޔާވެފަ އެވެ.

އޭގެ އިތުރުން އާދިއްތަ ދުވަހުގެ ރޭ ހުޅުމާލޭގައި އިމާރާތް ކުރަމުން ދިޔަ ގެއެއްގެ ފަސް ވަނަ ބުރިން ވެއްޓުނު ގަލަކުން ބޮލުގައި ޖެހުމުން ބަންގްލަދޭޝް މީހަކު ވަނީ މަރުވެފަ އެވެ. އޭގެ އިތުރުން ރޭ މާލޭގެ ގެއެއްގެ ހަ ވަނަ ބުރިން ކަޓިންބޯޑެއް ވެއްޓި، މީހެއްގެ ބޮލުގައި ޖެހުމުން އޭނާގެ ބޯ ފަޅައިގެން ދިއުމުން ވަނީ ފަރުވާ ދީފަ އެވެ.
ހިޔާލު

ާއަލީ

ޒިންމާަ ނަގަން ޖެހޭނީި ކާކު؟؟؟؟؟

ސސ

މާލޭގައި ލޮނު ދޮންވެލިން އަޅާފަހުރި ގެތަށްވެސް ވެއްޓެން ކައިރިވެފައި ނުންތޯ އެހުންނަނީ!

ޟިހރީނޮ

ޓިިިދެން ބޮޑު ވަރު

އަވައްޓެރިޔާ

ތި މިސޫރީ ކިޔާ ގެ ހަމަ އަސްލައްވެސް އެހާ ސޭފް އެއް ނޫން. ކުރީ ދުވަހުވެސް ހޮޅިތަކެއް އެރުވީ ހަމަ ބަލާލުމެއްނެތި.. އެތަނުން ދިޔަ މީހުން އަދި ކުދިން އަށް ވެސް ބަލާލުމެއްނެތި.. މަސައްކަތް ކުރަމުން ދާ ގެތައް ރަނގަޅަށް ބަލާ، ސޭފްޓީ ރަނގަޅުތޯ ބެލުމަށް ވަރަށް އެދެން.. އިތުރު ދެރަ ހާދިސާއެއް ނުހިނގަނީސް!!!

މަރު ކޮމެޓީގެ މުގައްރިރު

މަރު ކޮމެޓީ ހެދިފަހުން މުޅިން ތަފާތު ވައްތަރުގެ މަރުތައް.

ތާަނިޔާ

މިހާރު މިކަން އާއްމު ކަމަކައް މިވަނީ ވެފަ ތިމާ ނޫން އެހެން މީހުން ވެސް ދުނިޔޭގަ އުޅޭކަން ނޭގެނީބާ؟؟؟؟؟

ޖަމަލު

ބޮލައް، ގާވެސް ފައިބާނެ، ކަޓިންބޯޑާ، އުދުމާ، ދޮންނަމެސިނުވެސް ފައިބާނެ ތިޔަ މާލެއިން. ބޮޑު އިމާރާތެއްވެސް ނުވެއްޓުނިއްޔާ ރަނގަޅު. މާލޭގަ އުޅޭ މަދު މަހުޖަނުންކޮޅެއްްގެ ވިޔަފާރިއަށް ޓަކައި ހުރިހާ ދިވެހިން ޤުރުބާންކުރީމަ ވާގޮތް ތިޔަވަނީ. އަދިވެސް ބަލާ މާލެ މަތިމައްޗަށް ޖެހޭތޯ. އޭރުން މުސްތަޤުބަލުގަ އިމާރާތްތަކުން އަދި ގިނައެއްޗެހިފައިބާނެ..

ވދފ

ދެން މަގުމަތީ ހިނގަންވެސްވީ ހެލްމެޓް އަޅައިގެން ކަންނޭނގެ