Fathuruverin ziyaaraikuri minvaru 6.5 percent ithuruvehje
image
ރީތި ފަރު ރިސޯޓް ބީޗް.-- ފޮޓޯ: ހޮޓެލިއަރ މޯލްޑިވްސް
0 ކޮމެންޓް
 

ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު 6.5 ޕަސެންޓް އިތުރުވެއްޖެ

މި އަހަރުގެ ފުރަތަމަ މަހު ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރުގެ ފުރަތަމަ މަހާ އަޅާ ބަލާއިރު 6.5 ޕަސެންޓް އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކުރި ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެ އަށް 151،522 ފަތުރުވެރިން ޒިޔާރަތް ކުރި އެވެ. ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު އިތުރުވި އިރު، އެހެން މަސްތަކާއި އެއްގޮތަށް މިދިޔަ މަހު ވެސް އެންމެ ގިނައިން އައިސްފައިވަނީ ޗައިނާ މީހުންނެވެ.

ފަހަކަށް އައިސް އެ ގައުމުން ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށްވަމުން ދިޔަ ނަމަވެސް، މިދިޔަ މަހު އެ އަދަދު ވަނީ 17 ޕަސެންޓް އިތުރުވެފަ އެވެ. ޗައިނާގެ އިތުރުން ދެން އެންމެ ގިނަ ފަރުތުވެރިން އައިސްފައިވަނީ އިޓަލީ އާއި އިންޑިއާ އިންނެވެ.

އެގޮތުން އިޓަލީން ޒިޔާރަތްކުރި މީހުން 11.1 ޕަސެންޓް އިތުރުވީ އިރު އިންޑިއާ އިން ރާއްޖެ އަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދު ވަނީ 7.7 ޕަސެންޓް އިތުރުވެފަ އެވެ.

އިންޑިއާ އިން ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނަ އިރު އެ ގައުމުން ލިސްޓުގެ މިހާ ކުރީގައި ހިމެނުނު މިއީ ފުރަތަމަ ފަހަރެވެ.
ހިޔާލު