Badla ge furathama lava nerefi
image
އަމީތާބާއި ތާޕްސީ---
0 ކޮމެންޓް
 

ބަދްލާގެ ފުރަތަމަ ލަވަ ނެރެފި

ސުޖޯއީ ޖޯޝް ޑައިރެކްޓުކޮށް ނެރޭ ފިލްމު "ބަދްލާ"ގެ ފުރަތަމަ ލަވަ ނެރެފިއެވެ.
އަމީތާބް ބައްޗަނާއި ތާޕްސީ ޕަންނޫ ލީޑު ރޯލުން ފެނިގެންދާ އެފިލްމުގެ އެލަވައަށް ކިޔަނީ "ކިޔުން ރައްބާ" އެވެ. އަރްމާން މަލިކް ކިޔާފައިވާ އެލަވައިން ފިލްމުގެ ބައެއް މަންޒަރުތައް ފެނިގެންދާއިރު ގިނަ ބަޔަކަށް ވަނީ އެލަވަ ރީތިވެފައެވެ.



އެފިލްމުގެ ޓްރެއިލާ ވެސް ވަނީ ދާދި ފަހުން ނެރެފައެވެ. ފިލްމުގެ ޓްރެއިލާ އިން ފެނިގެންދަނީ މީހެއްގެ މަރުގެ މައްސަލާގައި ތާޕްސީ ބެދި، އެކަމުން ސަލާމަތް ކުރަން އަމީތާބު ކުރާ މަސައްކަތެވެ.

އެގޮތުން ތާފްސީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ބުނާ ފިރިހެން ކުއްޖާގެ މަރުގެ މައްސަލާގައި ތާފްސީ ހައްޔަރު ކުރާއިރު އޭނާ އެފިރިހެން ކުއްޖާ ދެކެ ލޯބިވޭތޯ އަމީތާބު ކުރި ސުވާލުގައި ތާޕްސީ ވަނީ އޭނާ ލޯބި ވަނީ ހަމައެކަނި އޭނާގެ ދަރިފުޅާއި ފިރިމީހާ ދެކެ ކަމަށް ބުނެފައެވެ.

ބަދަލު ހިފުމަށް ކަމެއްގެ ހަގީގަތް ހޯދުމަށް ތާޕްސީ ކުރާ މަސައްކަތްތައް ޓްރައިލާ އިން ފެނިގެންދާއިރު އޭނާގެ އެކްޓިން ގިނަ ބަޔަކަށް ވަނީ ކަމުގޮސްފައެވެ.

މީގެކުރިން ވެސް ތާފްސީ އާއި އަމީތާބު އެކުގައި ވަނީ ފިލްމަކުން ފެނިފައެވެ. އެގޮތުން "ޕިންކް" ނަމަކަށް ކިޔާ ފިލްމެއްގައި ދެމީހުން އެކުގައި ފެނިގެންދިޔައިރު އެފިލްމަށް ވެސް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިގެންގޮސްފައެވެ.
ހިޔާލު