Defense ah deputy ministeraku ayyan kohfi
image
ޑިފެންސް މިނިސްޓަރު މާރިޔާ.-- ފޮޓޯ: އެމްއެންޑީއެފް
0 ކޮމެންޓް
 

ޑިފެންސަށް ޑެޕިއުޓީ މިނިސްޓަރަކު އައްޔަން ކޮށްފި

ޑިފެންސް މިނިސްޓްރީ އަށް އިތުރު ޑެޕިއުޓީ މިނިސްޓަރަކު މިއަދު އައްޔަން ކޮށްފި އެވެ.
ރައީސް އޮފީހުން ބުނީ ޑިފެންސް މިނިސްޓަރުގެ ނައިބުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަން ކުރެއްވީ މ.މާވެޔޮ ވިލާ، ހަސަން ޒަމީލު ކަމަށެވެ.

އޭނާ އަކީ މާސްޓާ އޮފް ލޯ ހާސިލުކުރައްވައިފައިވާ ބޭފުޅެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ. ޒަމީލު ކުރިން އަދާކުރި މަގާމުތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލްގެ މަގާމާއި، މިނިސްޓްރީ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗާގެ ޑެޕިއުޓީ ޑިރެކްޓަރު ކަން ހިމެނެ އެވެ.

ޒަމީލުގެ އިތުރުން ޑިފެންސް މިނިސްޓްރީގައި ދަށުން ހިންގަމުން އަންނަ އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލާ އިބްރާހިމް އަޝްރަފް އެ މަގާމުގައި ހުންނަވަނީ ޑެޕިއުޓީ މިނިސްޓަރުންގެ ލެވަލްގަ އެވެ.

ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންގެ ލެވަލްގައި ތިއްބަވަނީ ދެ ބޭފުޅުންނެވެ. އެއީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަބްދުﷲ ޝަމާލް އާއި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިނެވެ.
ހިޔާލު